މަސައްކަތް ނިންމުމުން ކޮންޓްރެެކްޓަރުންނަށް ފައިސާ ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

big_P0cUrAmwGwywl2oxhbGiddZDA.jpg

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެވޯޑްކުރާ މަސައްކަތްތައް ނިންމުމުން ކޮންޓްރެެކްޓަރުންނަށް ފައިސާ ނުދޭތީ ކޮންޓްރެކްޓާސް އެެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެ ކުންފުނިން ނެެރުނު ބަޔާނެއްގައި ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކޮންޓްރެކްޓަރުންނަކީ ވަރަށްބޮޑަށް ލޯކަލް ކުދި ވިޔަރާފާރިތަކުގެ ތެރޭގައި ހިމެނޭ ކުދި ފިހާރަތަކާއި ހާރޑްވެޔަރ އަދި އެހެނިހެން މެޓީރިއަލް ސަޕްލަޔަރުންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކާއި ގުޅި ލާމެހިފައިވާ ފަރާތްތަކެެއް ކަމަށެެވެ.

މި ގިންތިއަށް ވިޔަފާރީގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަރާތްތަކާއި، އަދި އެފަރާތްތަކާއި ގުޅުންހުރި އެންމެހާ އާއިލާތަކަށްވެސް ކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުން ދާ ކަމަށް އެެ ބަޔާނުގައި ބުނެފައިވެއެވެ.

“މިދަނޑިވަޅުގައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް އެވޯރޑްކުރެވޭ ޕްރޮޖެކްޓުތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ ޝަކުވާ މިޖަމްޢިއްޔާގެ މެމްބަރުން ދަނީ ތަކުރާރު ކޮށް ކުރަމުންނެވެ” އެބަޔާނުގައި ވެއެވެ.

މަސައްކަތުގެ އުޖޫރައަކީ މަސައްކަތްކުރާ ފަރާތާއި ކުރުވާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މުއާމަލާތެއް ކަމަށާއި، ކުރެވެމުން ގެންދާ ބިލްތަކަށް ފައިސާ ނުލިބުމާއި ފައިސާ ނުދީ ލަސްކުރުމަކީ އިޖްތިމާޢީ ގޮތުންވެސް ދޭދޭ އަފުރާދުންގެ މެދުގައި އިތުބާރު ގެއްލުމާއި ބޮޑެތި ހަމަނުޖެހުން އުފެދިގެންދާނެ ކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި ސަރުކާރުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަތި ހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާއި މުޖްތަމައަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، މަސައްކަތް ނިންމުމަށްފަހު ހުށަހަޅާ އިންވޮއިސް ތަކަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ދިނުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކަށް އިލްތިމާސް ކުރާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top