މަބްރޫކު، ރައީސް އޮފީހުގެ ތަރުޖަމާނަކަށް

DF135402-9F4B-44AA-86F9-B68584C72FBE-1200x600.jpeg

ރައީސް އޮފީހުގެ ަންދަރ ސެކްރެތަރީ ކަމުގެ މަގާމުގއި މިހާރ=ތަނަށް ހުންނެވި މަބްރޫކް އަބްދުލް އަޒީޒު ،ރައީސް އޮފީހުގެ ތަރުޖަމާނަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ.

މި މަގާމަށް އޭނާ ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕަސަންގެ މަގާމު އުފައްދަވައި އެ މަގާމަށް މިމަހުގެ 1 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، މަބްރޫކު އެ މަގާމަށް އަޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ.

މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ހަބަރާއި މައުލޫމާތު ހޯދުމަށް ގުޅަންޖެހޭނީ މަބްރޫކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރިން ކުރައްވަމުން ގެންދެވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިކް އިބްރާހިމް ހޫދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 29، 2018 ގަ އެވެ.

މަބުރޫކަކީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރައްވާ އެޕާޓީގެބޭފުޅެކެވެ. އޭނާ ވަނީ ނިމިގެންދިޔަ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާފައެވެ.

އާއްމު ރައްޔިތުންނަށް އޭނާ ބޮޑަށް ތައާރަފް ވެފައިވަނީ ކޮވިޑް19ގެ ޚަބަރުތައް ޓީވީ މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top