އޭދަފުށި ރަހަ: އާސިޔަތުގެ ބަދިގެއިން، ޕެންޑަން ޓްރެސް ލެޗަސް ކޭކް

viber_image_2020-05-11_22-13-34.jpg

ބޭނުންވާ ތަކެތި :

ކޭކު ހެދުމަށް :

1 ޖޯޑު ގޮދަންފުށް (1 ސަމުސާ ބޭކިން ޕައުޑަރ އާއި އެއްކޮށްފައި)

1 ޖޯޑު ހަކުރު

75 ގްރާމް ބަޓަރ

4 ބިހުގެ ގޮބޮޅި

5 ބިހުގެ ލޮނދި

1/4 ޖޯޑު ކާށިކިރު

1/2 ސައި ސަމުސާ އެސެންސް

ކޭކް ޑެކޮރޭޓް ކުރުމަށް :

1 ޖޯޑު ވިޕިން ކްރީމް

ހަކުރާއި ބަޓަރު، ކްރީމަށް ވަންދެން އެއްކޮށްލުމަށް ފަހު ބިހުގެ ގޮބޮޅިކޮޅު އަޅާލައިގެން އެއްކޮށްލާށެވެ. ރަނގަޅަށް އެކުވުމުން ކާށި ކިރުކޮޅާ އެސެންސް ކޮޅުވެސް އަޅައިގެން ފުށްކޮޅު އެއްކޮށްލާށެވެ. ދެން ބިހުގެ ލޮނދި، ފޮނަށް ވަންދެން ގިރާލުމަށްފަހު ކުރިން ގިރާފައި ހުރި އެއްޗިއްސާއި އެއްކޮށްލާށެވެ. އެއަށްފަހު 200ޑިގްރީގައި 35 މިނިޓް ވަންދެން ފިހެލާށެވެ. ދެނ ޓްރެސް ލެޗޭ މިލްކް ތައްޔާރު ކޮށްލާށެވެ.

ބޭނުންވަނީ

½ ޖޯޑު ކާށިކިރު

½ ޖޯޑު ގެރިކިރު

½ ޖޯޑު ވިޕް ކްރީމް

½ މޭޒުމަތީ ސަމުސާ ޕެންޑަން އެސެންސް

ހުރިހާ އެއްޗެއް އެއެްކޮށްލާށެވެ.

ކޭކު ފިހެ ނިމުމުން އުލެއް ނުވަތަ ޓޫތު ޕިކެއް ކޭކުގެ އެކި ދިމަދިމާލަށް ހަރާލާށެވެ. އަދި ތައްޔާރު ކޮށްފައި ހުރި މިލްކުކޮޅު މައްޗަށް އަޅާލުމަށްފަހު 1ގަޑި އިރުވަންދެން ފިނި ކޮށްލާށެވެ. އެއަށްފަހު ވިޕްކްރީމް މައްޗަށް އަޅާލާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top