މިފްކޯގެ ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭ: އެމްޕީ ސަލީމް

img_md_201906170210491560762649.0045.jpeg

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އޮތް ހާލަތު ބަލަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓި ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނީ މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް އިއްޔެ ޅ. ފެލިވަރުގައި މުޒާހަރާކުރުމާއި ގުޅިގެން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ”މިހާރު” ނޫހަށް ދިން އިންޓަވިއު އެއްގައި ވިދާޅުވި ވާހަކައަކާ ގުޅިގެން ނެވެ.

އެ އިންޓަވިއުގައި މިނިސްޓަރު ޒަހާ ވިދާޅުވީ މިފްކޯއިން ފެށުނީއްސުރެ ނުއަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކައިގެ ރައްދުގައި މިއަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިފްކޯގެ ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭ ކަމަށާއި އެއީ ސަރުކާރުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ކުންފުނިތައް ބަނގުރޫޓު ކޮށްލުމުން އެކަމުގެ ޒިންމާ ނަގަން ޖެހެނީ މަސްވެރިންތޯ ސުވާލު ކުރައްވާފައެވެ.

ހަމައެއާއެކު މަސްވެރިންނަށް ހަމަ އަގުދީ ވައުދު ފުއްުދުމަށާއި ބޭކާރު ވާހަކަ ނުދެއްކުމަށްވެސް ސަލީމް ވަނީ ގޮވާލައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top