އައިލެންޑްކަޕްގެ ފައިނަލުން ހިތާދޫ ބަލިވެއްޖެ

l_150684109455i92d.jpg

އައިލެންޑް ކަޕް 2017ގެ ޗެމްޕިއަން ކަޕް ލިބުމާއެކު މާލޭ ސިޓީ ޓީމް އުފާފާޅުކުރަނީ

ރައިޒިން ސްޓާސް ފޯ ވިލުފުށީ ރެކްރިއޭޝަނުން ބޭއްވި އެޗްއޭއެފް އައިލެންޑް ކަޕް 2017ގެ ފައިނަލުގައި މި ދިޔަ އަހަރުގެ ޗެމްޕިއަން ހިތާދޫ ބަލިކޮށް ހަނި ގޮތަކަށް މާލޭ ސިޓީ މޮޅުވެއްޖެއެވެ.

މާލޭ މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ހިތާދޫއާ ވާދަކޮށްގެން މާލެ ސިޓީ މޮޅުވެފައިވަނީ 0-1 އިންނެވެ.

މިމެޗުގައި މާލޭ ސިޓީއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ރިހާމް އަބްދުލްޤަނީ (ބޮބީ) އެވެ.

އޭނާވަނީ މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިތާދޫގެ ހުޒައިފަތު ރަޝީދު ހުޝާމް އިބްރާހީމް ހޮވިފައިވާއިރު އިތުރަށް ހޮވިފައިވަނީ ތ. ތިމަރަފުށީގެ އަބްދުﷲ ޒިޔާނާއި ހިތާދޫގެ ރާމިޒް އަބްދުލް ވައްހާބު އަދި މާލޭ ސިޓީގެ އަހްމަދު މުބީން (މުއްކި) އެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ރ. އިނގުރައިދޫގެ އަހްމަދު އައިހަމް ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާލޭ ސިޓީގެ ބޮބީ އެވެ.

އެންމެ އުންމީދީ ކުޅުންތެރިޔަކަށް އިނގުރައިދޫގެ އައިހަމް ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ އިބްރާހިމް ސިނާހު އެވެ. އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ދ. ކުޑަހުވަދޫ ހޮވުނު އިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ކ. ގުޅި އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިތާދޫގެ ކޯޗެވެ.

މިއަހަރުގެ އައިލެންޑް ކަޕްގެ ޗެމްޕިއަން މާލޭ ސިޓީއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 35000 ރުފިޔާ ދީފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top