މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި

DSCN3063.jpg

މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ފަރާތުން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:30 އިން މެންދުރު ފަހު 13:30 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅު ތަކުގައި ކަނޑުތައް މަޑުވާނެ ކަމަށާ އެހެން ހިސާބު ތަކުގައި އާދައިގެވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top