ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކޮމްޕިއުޓަރ ކޯހެއް އޭދަފުށީގައި

31693069_2113541175592736_2589362265803194368_n.jpg

ފޮޓޯ : އެމްއޭއެމް ބިޒިނަސް ސްކޫލް

އެމްއޭއެމް ބިޒިނަސް ސްކޫލްގެ ފަރާތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އޭދަފުށީގައި ކޮމްޕިއުޓަރ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

“އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ކިޑްސް”ގެ ނަމުގައި ފަރުމާކޮށްގެން ދިހަ ދުވަހުގެ މުއްދަތަށް ހިންގާ މިކޯހަކީ 30 ގަޑިއިރުގެ ކޯހެކެވެ.

މި ކޯހުގައި ކިޔަވައި ދެއްވާނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ލެކްޗަރާއިން ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނެއެވެ. މިކޯހުގައި ގްރޭޑް 1ން ފެށިގެން 10 އަކާ ދެމެދުގެ ދަރިވަރުންނަށްބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޯހުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާއަކާ އެކު ކޯހުން އެއްވަނަ ހޯދާ ދަރިވަރަކަށް ޓެބްލެޓެއްވެސް ލިބޭނެ ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނެއެވެ.

ކޯހުގައި ކިޔަވައިދޭނީ ދަރިވަރުންނާ ގުޅުން ހުރި އަދި ފަސޭހަ ކަމާއެކު ކޮމްޕިއުޓަރ ބޭނުންކުރާނޭ ގޮތްތަކާ ޓައިޕް ކުރުމާ އިންޓަނެޓް ހެޔޮ ގޮތުގައި ބޭނުން ކުރަން ދަސް ކޮށްދިނުން ފަދަ ކަންތަކެވެ.

މި ކޯސް ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށްވެސް ސެޓްފިކެޓެއް ލިބޭނެ އެވެ.

އެމް އޭއެމް ބިޒްނަސް ސްކޫލުން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކިރައްރަށުގައި ތަފާތު ކޯސްތައްދަނީ ހިންގަމުންނެވެ. އެގޮތުން އޭދަފުށީގައި ވެސް ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ހިންގަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top