ފެހެންދު ކުޅޭ ފުރަތަަމަ މެޗު އަންނަ ހޮނިހިރު ދުވަހު

31124748_1957450090995495_2127207502532575232_n-800x490-800x490.jpg

މިނިވަން ޗެމްޕިއަން ޝިޕްގައި ކުޅުނު ފެހެންދޫ ޓީމް

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ބ. ފެހެންދޫ ކުޅޭ ފުރަތަމަ މެޗު އަންނަ ހޮނިހިރު ދުވަހު އޮންނަ އިރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓީމްގެ މެނޭޖަރ މޫސާ ނަސީމް ބުނެފިއެވެ.

މޫސަ ބުނީ އެ ޓީމަށް މި މުބާރާތުގައި ވެސް އިރުޝާދުދޭނީ ޓީމުގެ ކޯޗަކަށް ހުރި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއިލް އަނިލް ކަމުގައެވެ. އަނިލް ވަނީ އެ ޓީމަށް ކޯޗެއްގެ ގޮތުން ކާމިޔާބު މަސައްކަތް ތަކެއް ކޮށްދީފައެވެ. އެގޮތުން ފަހަކަށް އައިސް ފެހެންދޫ ޓީމް ފުޓް ބޯޅައިން ހޯދާފައިވާ ގިނަ ކާމިޔާބީ ތަކަުގެ ފަހަތުގައި ހުރީ އަނިލް އެވެ.

ދިވެހި ޕްރިމިއާ ލީގަށް ފެހެންދޫ އިން ވަނީ ގިނަ ކުޅުންތެރިން ތަކެއް ގެނެސްފަ އެވެ. އެ ގޮތުން ކުރިން ޓީސީ އާއި މާޅޮހަށް ކުޅުނު އަލީ ހާފިޒް (އައްޔަ)ގެ އިތުރުން މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދަ ގޭންގަށް ކުޅުނު ހުސައިން ޝަރީފް (އޮންލީ)ހިމެނެއެވެ.

އޭގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގައި ފޯކައިދޫ އަށް ކުޅުނު ބިދޭސީ ޑިފެންޑަރެއް ވެސް ފެހެންދު އިން ވަނީ ގެނެސްފަ އެވެ.

މޫސަ ބުނީ ފެހެންދު ޓީމު ހިތްހަމަޖެހޭ ވަރަށް މުބާރާތަށް ތައްޔާރުވެފައި ނުވިޔަސް މާލެ އަންނާނީ މެޗު ކުޅެން ކަމަށާއި ފަރިތަކުރުން ތައް ވެސް އަދި އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

“އެނގޭ މިއީ މުޅިން ތަފާތު ލެވެލެއްކަން ވެސް. ފެހެންދޫ އަކީ ވަރަށް ކުޑަ އާބާދީއެއް އޮތް ރަށެއް. އެކަމަކު މި ޓީމުގައި އެބަތިބި ބ.އަތޮޅުގެ އެހެން ރަށްތަކުގެ ކުޅުންތެރިން ވެސް. ދެން އެހެން ކުޅުންތެރިން ވެސް ހިމަަނައިގެން ޓީމު މިއޮތީ. އުއްމީދުކުރަނީ ސަޕްރައިޒް ނަތީޖާތަކެއް ނެރެވޭނެކަމަށް،” މޫސަ ބުންޏެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވެސް ފެހެންދު ޓީމަށް ވަނީ ބ. އަތޮޅުގެ އެހެން ރަށްތަކުގެ ކުޅުންތެރިން ކުޅެފަ އެވެ. ޕްރިމިއާ ލީގުގައި ވާދަކުރާއިރު ވެސް އޭގެ ތެރެއިން ގިނަ ކުޅުންތެރިން ފެންނާނެ ކަމަށް އެ ޓީމުން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top