ބ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތުން އޭދަފުށި އެއްވަނަ

DSCN8811.jpg

ބ.އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން --އީވީ ފޮޓޯ :ޝަހީރު

ބ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބޭއްވި ޤުރުއާން މުބާރާތުން އޭދަފުށި ކައުންސިލް އެއްވަނައަށް ހިނގައްޖެއެވެ.

މިމަހުގެ 11އިން 12 އަށް އޭދަފުށީގައި ބޭއްވި މި މުބާރާތުގައި ބ.އަތޮޅުގެ ފަސް ރަށަކުން 45 ކުދިން ބައިވެރިވިއެވެ.

މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ ތުޅާދޫ ކައުންސިލެވެ. އަދި ތިންވަނަ ކައުންސިލަކީ ހިތާދޫއެވެ.

މި މުބާރާތުގައި، މުޅި މުބާރާތުން ވަނަ ހޮވުމުގެ އިތުރުން ދެ ޖިންސުގެ ކުދިންގެ މެދުގައި އިތުރު ކެޓަގަޓީ ތަކެއް ހިމަނައި އެ ކެޓަގަރީތަކުންވެސް ވަނީ އެއްވަނަ ހޮވައިފަ އެވެ.

އެގޮތުން މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ އަންހެން ދަރިވަރަކަށް ހޮވުނީ ތުޅާދޫ ކައުންސިލުގެ އާޔާ އަބްދުއްރަހީމް އެވެ. އެއްވަނަ ފިރިހެން ދަރިވަރަކަށްވެސް ހޮވުނީ ތުޅާދޫ ކައުންސިލުގެ ޔައީސް މުހައްމަދު ސާޖިދު އެވެ.

މުޅި މުބާރާތުން ހިތުދަސްކުރުމުގެ ބައިން އެއްވަނަ އެއްވަނަ އަންހެން ދަރިވަރަކަށް ހޮވުނީ އޭދަފުށީ ކައުންސިލުގެ ޔުމްނާ މުހައްމަދު އާތިފް އެވެ. ފިރިހެން ދަރިވަރަކީ އޭދަފުށީ ކައުންސިލުގެ މުހައްމަދު ހިސާން އިބްރާހީމެވެ

މީގެ އިތުރުން ކޮންމެ ގޮތްޕަކުން ވެސް ވަކި އަދަދަކަށް ފޮތް ކިޔަވާ ކުދިންގެ ތެރެއިން އަންހެން އަދި ފިރިހެން ކުދިންގެ މެދުގައި ވަކިވަކިން ވެސް ވަނީ ވަނަ ހޮވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top