އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް އަންހެނުން

unnamed-4-e1699934219196.jpg

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް ޑރ. އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

”ނޫސްވެރިންގެ ގުންޒަރު“ ނަމުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކަ ކަމަށެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ ދައުލަތުގެ މަދުވެގެން އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ، އަށް އެސްއޯއީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ އަންހެން ބޭފުޅުން. މިއީ މިހާތަނަށް އެންމެ ގިނަ އަދަދު،” މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބޭއްވި މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްގީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ.

މުއިއްޒު ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކައެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިވަޑައިގެންނެވި މައުލޫމާތަށް ބަލާއިރު، އެއްވެސް ސަރުކާރެއްގެ ކުންފުންޏެއްގައި ދޭކަށް ވުރެ ގިނަ އަންހެނުން ވެރިންނަށް ތިއްބަވާފައެއް ނުވެއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާކަމުގެ މަގާމުގައިވެސް ހުންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ކެބިނެޓްގައި ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް މިފަހުން ސޯޝަލް މީޑިއަގައި ވަނީ އާންމުވެފައެވެ. އެ ލިސްޓުގައި ތިން ވުޒަރާއެއްގެ މިނިސްޓަރުންނަށް ތިއްބެވީ އަންހެން ބޭފުޅުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top