މާޅޮހު ރައްޔިތުންވެސް ފަލަސްތީނާ އެކު

image_IrUtsGM13quvhDY.jpg

ފޮޓޯ : ފޭސް ބުކް

ބ. މާޅޮހު ރައްޔިތުންވެސް ތިބީ ފަލަސްތީނާ އެކުގައިކަން ހާމަކޮށް ދިނުމުގެ ގޮތުން މިއަދު ހަވީރު އެރަށުގައި ހިނގާލުމެއް ބާއްވައިފއެވެ.

މާޅޮހުގެ ގިނަ އަދަދެއްގެ ފިރިހެންުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިނެވެސް ބައިވެރިވި މި ހިނގާލުމުގައި ރައްޔިތުންވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމަުންގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރި ކޮށް އެކިކަހަލަ ޝުއޫރުތައް ލިޔެފައިވާ ލިއުންތަކާއެކު ފަަލަސްތީނުގެ ދިދަ ހިފައިގެން ތިބެ ޝުއޫރު ފާޅުކޮށްފަ އެވެ.

މާޅޮހުގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އަންނަނީ ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަ ކުރުމަށް އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.

ފަލަސްތީނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް މިވަގުތަށް އޮތީ މެދު ކަނޑާލާފައެވެ. ނަމަވެސް ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާއަށް ގިނަ ހަމަލާތަކެއް ދީ އެތަކެއް މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top