އިޒްރޭލަށް ތާއީދު ކުރި އިންޑިއާ ޓީޗަރަކު އަނބުރާ ފޮނުވާލަނީ

img_md_202105210342091621593729.3482.jpg

ހަނިމާދޫ ސްކޫލް ޓީޒަރު އެބެނެޒާ ސުކުމަރަން (ކ) އެހެން ޓީޗަރަކާއެކު

ހދ.ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމުން، އޭނާ ވަޒީފާ އިން ވަކިކޮށް، ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

އެ ޓީޗަރުގެ އެ އަމަލާމެދު ކަންބޮޑުވުން ފާޅުކޮށް، އޭނާގެ އަމަލު ކުށްވެރިކޮށް ހަނިމާދޫ ސްކޫލުން ނެރުނު ބަޔާނުގައި ބުނީ އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަގާމުގައި ހުރި އިންޑިޔާގެ ރައްޔިތެއް ކަމަށްވާ އެބެނެޒާ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ އަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައި ވާތީ، އެ ސްކޫލުން އެކަމާ ވަރަށް ހިތާމަ ކުރާ ކަމަށެވެ.

އެ ސްކޫލަށް 52 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގައި އެ ސްކޫލުގެ ސްޓޭންޑު ހާމަކޮށްފައިވާނެ ކަމަށާއި އެ ހަރަކާތްތައް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ސްކޫލުގެ ސްޓޭންޑާ އެ ޓީޗަރު ހިލާފުވެފައިވާ ކަމަށާ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސްކޫލުން ބުންޏެވެ.

އޭނާ ވަނީ އިޒްރޭލަށް ތާއީދުކޮށް އޭނާގެ ފޭސްބުކް ޕްރޮފައިލް ބަދަލުކޮށްފައެވެ.

އެކަމާ ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދަވާކަމަށް ހަނިމާދޫ ސްކޫލުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އަޅަން ނިންމަފައިވާ ފިޔަވަޅަކީ ވަޒީފާ އިން ވަކިކޮށް، ގައުމަށް އަނބުރާ ފޮނުވާލުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top