ފްލައިން ސްކޫލްގެ ޓްރެއިނިންގް ހެޑްގެ ހުއްދަ ބާތިލްކޮށްފި

243775_3_6a2f30d164261187fe353f6319a12c0c0e542f02_large.jpg

އައްޑޫ ފްލައިން ސްކޫލް

އައްޑޫގައި ހިންގަމުން ގެންދާ އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކުރަން ނިންމައިފި އެވެ.

އެހުއްދަ ބާތިލް ކުރަން ނިންމާފައި ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.

އަދި ފްލައިން ސްކޫލްގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ، ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތިރީޓީން ލިޔުމުން ދީފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

އެ ސްކޫލްގެ އިސް ދެ މީހަކަށް އަށް ފިޔަވަޅު އަަޅަން ނިންމީ، އެ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށާއި ކޯސް ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުުރިއަށް ގެންދިއުމަށް ފްލައިން ސްކޫލްގެ މެނޭޖްމަންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ، ސިވިލް އޭވިއޭޝަނުން އެ މައްސަލަ ބެލުމަށްފަހު ކަމަށް ބަޔާނުގައި ބުންޏެވެ.

ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގު ދަންމާލަމުން ދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ފްލައިން ސްކޫލް ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ އިސް ދެ މީހަކަށް ފިޔަވަޅު އެޅިކަން މިނިސްޓްރީން ހަމަ ކުރި އިރު، އެ ދެ ބޭފުޅުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް ސޯލިހް މިމަހު 11 ވަނަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ އަންގަވާފައެވެ.

ފްލައިން ސްކޫލުގައި ގިނަ ދަރިވަރުން ކިޔަވަނީ ބޮޑެތި ލޯނުތައް ނަގައިގެން 12-18 މަސް ދުވަހުން ނިމޭ ކޯހެއް އެ މުއްދަތަށް  ނިމޭނެ ކަމަށް ބަލލައިގެންނެވެ. ނަމަވެސް ތިން ހަތަރު އަހަރު ދުވަސް ވާއިރު ނުނިމި ދިގުލަމުން ދާތީ އެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ބޮޑު ފީއެއް ނަގައިގެން އެތަނުން ޕައިލެޓުން ތަމްރީނު ކުރާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.

އޭގެ އިތުރުން އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން، ފިނޭންސް މިނިސްޓްރީއަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top