އަދަބީ 3 މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި

IMG_7193-850x548-1.jpeg

ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރުގައި ބާއްވާ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެއީ ޅެން ހެދުމުގެ 27 ވަނަ ގައުމީ މުބާރާތް، ކުރުވާހަކަ ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތް އަދި މަޒުމޫނު ލިޔުމުގެ 39 ވަނަ ގައުމީ މުބާރާތެވެ.

ދިވެހިބަހުގެ އެކެޑަމީން މި މުބާރާތްތައް ހުޅުވާލާފައިވަނީ ސްކޫލް ދަރިވަރުންނަށާއި އަމިއްލަ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭ އުމުރުފުރާތަކަކީ ދަށު ސާނަވީއާއި، ސާނަވީ އަދި މަތީ ސާނަވީގެ އުމުރުފުރާއެވެ. އަމިއްލަ ފަރާތްތަކަށް 18 އަހަރުން ދަށުގެ ޢުމުރުފުރާއާއި 18 އަހަރުން މަތީގެ ޢުމުރުފުރާއިން ބައިވެރިވެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމްހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 13:00 މުބާރާތްތަކުގައި ބައިވެރިވުމަށް އެދި ގޫގުލް ފޯމު މެދުވެރިކޮށްވެސް ހުށައެޅޭނެ އެވެ. އެކްސެލް ފޯމު ހުށައަޅާނަމަ، ފޯމު ފުރިހަމަކުރުމަށްފަހު އެކެޑެމީގެ މެއިލްއަށް ހުށައެޅޭނެއެވެ.

ގޫގުލް ފޯމުގެ ލިންކާއި އެކްސެލް ފޯމު އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top