ގައުމީ ޤުރްއާން މުބާރާތުގެ ފައިނަލްބުރަށް ދިޔަ ބައިވެރިންގެ ލިސްޓް އާންމުކޮށްފި

Em7N_5bVQAMh4Ir.jpg

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިން ގެ ލިސްޓް އާންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގެ ޕޯޓަލް އިންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓް މެދުވެރިކޮށް އިއުލާނު ކުރެވިފައިވާ ކަމަށެވެ.

އަދި ފައިނަލް ބުރަށް ހޮވިފައިވާ ބައިވެރިންގެ ކިޔެވުމުގެ ރެކޯޑިންގ 13 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ 08:00 އިން 17 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މުބާރާތުގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ ވައިބަރ (ނަންބަރު: 7321728) މެދުވެރިކޮށް ހުށަހެޅުމަށްވެސް އެދިފައިވެއެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއަކަށްވެސް ފައިނަލް ބުރުގައި ހުށަހެޅޭނީ 1 ވީޑިއޯ ރެކޯޑިންގކަމަށް މިނިސްޓްރީން ބުނެ އެވެ.

މިމުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އިސްލާމިކް މިނިސްޓްރީއިން އާންމުކޮށްފައިވާއިރު، މުޖައްވަދު (ދިގުރާގު) ކެޓަގަރީއިން 34 ބައިވެރިއަކު އަދި ޙަދަރު (ކުރު ރާގު) ކެޓަގަރީއިން 309 ބައިވެރިއަކުވަނީ ފައިނަލް ބުރަށް ހޮވިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top