ކެމްޕޭނަށް އަތޮޅުތެރެއަށް ނުދެވޭތީ އިދިކޮޅު ލީޑަޝީޕް މައިމޫނާ އަރިހަށް

viber_image_2020-12-07_13-39-46.jpg

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ނުދެވޭތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަރިހަށް ހިނގައްޖެ އެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރު ހިންގާ ބޭފުޅުންނަށް ކަރަންޓީނު ވުމެއްނެތި ރަށްރަށަށް އެރޭކަމަށްވާ ނަމަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަ ފުރުސަތު އިދިކޮޅަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.

އެގޮތުން އަތޮޅުތެރެއަށް ދާން ބޭނުންވާތީ އެޗްޕީއޭ އަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި މި ހަފްތާތެރޭގައި އެ ސިޓީއަށް ޖަވާބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“އެޗްޕީއޭ އިން ވިދާޅުވި ދާން ބޭނުންވާ ރަށްރަށާއި ތާރީހުތައް ވިދާޅުވެ ދެއްވާށޭ. އެބައި ފުރިހަކޮށްލާނަން މިއަދު، ފުރިހަމަކޮށްފައި އެޗްޕީއޭއަށް ލުމުން އެ ބޭފުޅުން އެ ޕްރޮސެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެޗްޕީއޭގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުން އެ ބޭފުޅުން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަން އެނގިގެންދިޔަ ކަމަށާއި ސަރުކާރުން އެޗްޕީއޭ އަށް ގޮންޖަހާފައި ކަންކަން ކުރަމުންދާކަން ފާހަގަވި ކަމަށެވެ.

ޝުޖާއު ވިދާޅުވީ މިއަދުގެ ބައްދަލުވުމުން ވެސް ސަރުކާރުން އެޗްޕީއޭއަށް ނުފޫޒު ފޯރުވަމުންދާ މިންވަރު ފެންނަން އޮތް ކަމަށެވެ. ސަރުކާރުގެ އަމަލުތަކުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް ޓަކައި ކާމިޔާބު ކެމްޕޭނަކާއެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top