ކެންދޫގައި ފުލުހަކު މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލަ ބޮޑުވެ އޭނާ އެރަށުން ބާލަން ރައްޔިތުން ނިކުމެއްޖެ

ezgif-1-4ce8a98d77.jpg

ބ.ކެންދޫގައި މަސައްކަތް ކުރާ ފުލުހަކު އެރަށު މީހުންގެ އަނބިން ކައިރިއަށް ވަންނަ ކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު އެފުލުސް މީހާ ރަށުން ބޭލުމަށް ގޮވާލައި ރޭ މުޒާހަރާ ކޮށްފި އެވެ.

ކެންދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުވެރި ހުރި އެންމެ އިސް ފުލުސް މީހާ މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލަ ބޮޑުވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެކަމަށް ވެއެވެ. އެންމެފަހުން ރޭ ރަށުގެ ގިނަ ބަޔަކު ވަނީ އެމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް ޖަމާވެފައެވެ.

ކެންދޫން ވާހަކަ ދެއްކި މީހަކު ބުނީ ކެންދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުވެރި ހުރި ފުލުހަކު މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. އެހެންވެ ރައްޔިތުން ރޭ ނިކުތީ އެ ފުލުސްމީހާ ރަށުން ބާލަން ކަމަށެވެ.

މި ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެފައި ތިބި މީހުން ކޮންޓްރޯލް ކުރުމަށް އޭދަފުށީ ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. ރައްޔިތުން ޑިމާންޑް ކުރަމުންދަނީ މި ފުލުސްމީހާ ވަގުތުން ރަށުން ބޭލުމަށް އެހެންނޫނީ ރައްޔިތުންނާ ހަވާލު ކުރުމަށެވެ.

”ފުލުސްމީހާ މިކަމެއް ކުރާތާ ލައްކަ ދުވަސްވެއްޖެ. މީނާ މުޅިންހެން ވަންނަނީ ރިސޯޓްތަކުގައި އުޅޭ ފިރިހެނުންގެ އަނބިން ކައިރިއަށް. އަދި ރަށުގައި އުޅޭ ޒުވާން އަންހެން ކުދިންވެސް ހައްލަން މީނާ ވަރަށް މަސައްކަތްކުރޭ. މިކަން ހައްދުފަހަނަ އަޅާ ދިޔާމަ ރައްޔިތުން ރޭ ނިކުތީ “ ކެންދޫއިން މިކަމުގެ މައުލޫމާތު ހާމަކުރިމީހަކު ބުންޏެވެ.

ފުލުސް މީހާއާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަން މުޒާހަރާ ކުރަމުން ދާތީ ނޫސްވެރިން ފުލުހުންގެ މީޑިއާ އޮފިޝަލުންނާއި ވަނީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top