އެކަނިވެރި މައިންގެ ގޮތުގައި އަންހެނުން ތިބެންޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން: ރާޝިދާ

75ebb1fc-7c82-4549-851b-e6cd2e051bb4.jpg

ރާޝިދާ ޔޫސުފް

ދިވެހިރާއްޖެއަކީ ސައްތައަކުން ސައްތަ މުސްލިމް ގައުމަކަށްވާއިރު، “ސިންގަލް މަދާސް” ނުވަތަ އެކަނިވެރި މައިންގެ ގޮތުގައި އަންހެނުން ތިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އޭދަފުށީގެ އުފަން ދަރިއެއް ކަމުގައިވާ ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

ރާޝިދާ މިހެން ވިދާޅުވީ، ދާދިފަހުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ކޮންމެ އަންހެނެއްގެ އަދި ކޮންމެ ކުޑަކުއްޖެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުންތަކާއި ހައްގުތައް ފުރިހަމަކޮށްދީ ރައްކާތެރިކޮށްދިނުމަކީ އިސްލާމީ ޝަރީއަތުގައި ބަލަދުވެރިންގެ މައްޗަށް ލާޒިމްކޮށްފައިވާ ދީނީ ޒިންމާއެއް ކަމަށެވެ.

“ކޮންމެ އަންހެނެއްގެ އަދި ކޮންމެ ކުޑަކުއްޖެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުންތަކާ ހައްގުތައް ފުރިހަމަކޮށްދީ ރައްކާތެރިކޮށްދިނުމުގެ ދީނީ ޒިންމާ އަދާކުރަންޖެހޭ ބަލަދުވެރިން (އެއީ ފިރިހެނެއް) ހުންނާނެ. މުދާ ބަހާ ދުވަހު، މި ބަލަދުވެރިޔާ ހުރިތާކުން ހޯދައިގެންވެސް ކޯޓުން ގެނެސް މުދާ ހަވާލުކުރާނެ. އޭނާގެ ޒިންމާ އަދާކުރަން ބާރު އަޅާ މީހަކު ނޫޅޭ،” ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ރާޝިދާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ނިކަމެތި މަންމައިންނަށާއި ޅަ ދަރިންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅިން ތަފާތު ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ރާޝިދާ ވިދާޅުވީ، ދާދިފަހުން ފާހަގަކުރި “ބަައްޕަގެ ދުވަހާ” ގުޅުވައިގެން ވެސް ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ބައްޕަ ފެންނަން ނެތް ކުދިންނާއި، ބައްޕަ ނިޔާވެފައިވާ ކުދިންގެ އިތުރުން ބައްޕައެއްގެ އަޅާލުން ނުލިބޭ ކުދިންގެ އިހުސާސްތަކެއް ހުންނާނެކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވިއެވެ

ރާޝިދާ އިތުރަށް ވިދާޅުވީ، “ސިންގަލް މަދާސް” ނުވަތަ އެކަނިވެރި މައިންގެ ނަން މި މުޖުތަމައަށް ތައާރަފްވީ، ޒިންމާދާރުކަން ކުޑަ ބަލަދުވެރިންގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ބަލަދުވެރިން އެމީހުންގެ ދީނީ އަދި އިންސާނީ ޒިންމާތަކުން ރެކެމުންދާއިރު، އެކަންކަން އިސްލާހުކޮށް ޒިންމާދާރު ކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top