”މުވައްޒަފުން މަދުކުރުމުން 22 މިލިއަން ސަލާމަތް ކުރެވޭނެ“

3467890.jpg

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން - ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމް ފުރިހަމައަށް ތަންފީޒުކޮށް ނިމޭއިރު، ކުންފުނީގެ ޚަރަދުތަކުން ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.

މިހާރު 8،000 އެއްހާ މުވައްޒަފުން ތިބި ކުންފުނި ރައިޓްސައިޒް ކުރުމުގެ ތެރެއިން ދާދި ފަހުން ވަނީ އަމިއްލަ އަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ދީފަ އެވެ. އެގޮތުން މި މަހުގެ 14 އާ ހަމައަށް އެ މުއްދަތު ހަމަވި އިރު، 97 މުވައްޒަފަކު ވަކިވާން އެދިފައިވެ އެވެ.

”ރަށްރަށަށް ދަތުރުކުރާއިރު، މުވައްޒަފުންނާއި ރަށްރަށުގެ ރައްޔިތުންވެސް އެދެނީ މި އިސްލާހީ މަސައްކަތް އަވަސްކުރުމަށް. މި މަސައްކަތް ނިމުމުން، ކުންފުނީގެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރެވި، ހިންގުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ،“ އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި، މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގައުމީ ނަޒަރަކުން ބަލައިގެން ކަމަށާއި، މީގެ ފައިދާ މުޅި ކުންފުންޏަށް ކުރާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭނުންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ތިބުމުގެ ސަބަބުން ހިންގުމުގެ ޚަރަދު ބޮޑުވެ، މަސައްކަތުގެ ފެންވަރު ދަށްވެ، އަވަހަށް ނިންމަންޖެހޭ ކަންކަން ލަސްވުމަށް މެދުވެރިވެއެވެ.

ފެނަކައިގެ ޚިދުމަތްތައް ރަނގަޅުކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެވެސް އުންމީދެއްކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، ކުންފުނި ހިންގުމުގައި ދިމާވާ މައްސަލަތަކުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާނެ ކަމަށެވެ. މިހާރު ކުރިއަށްދާ ރީސްޓްރަކްޗަރިންގް މަސައްކަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ

އަފީފު ވިދާޅުވީ މިހާރު ކުންފުނީގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން މަހަކު 90 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top