މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިން މިއަދު ތައާރަފު ކޮށްފި

e59b1350-8826-4d21-bafd-1e2be82527a0.jpeg

ބީއެމްއެލް އިން ބ. މާޅޮހުގައި ޑިޕޮސިޓްކުރުމާއި ޕޭމަންޓްހިދުމަތް ދޭން ފެށުން - ފޮޓޯ: ބީއެމްއެލް

ބ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް އޭޖެންޓް ބޭންކިން މިއަދު ތައާރަފު ކޮށްފި އެވެ.

އޭޖެންޓް ބޭންކިންގ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފް ކުރި ހިދުމަތެކެވެ. 

މި ޚިދުމަތް ބޭންކުން ފުރަތަމަ ތައާރަފްު ކޮށްފައިވަނީ 2015 ވަނަ އަހަރު ކަމަށް ވިޔަސް އެއީ ހަމަ އެކަނި ފައިސާ ނެގުމަށށް ތަެާރަފް ކުރި ޚިދުމަތެކެވެ. އެހެންނަމަވެސް މިހާރު އޭޖެންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ ފައިސާ ނެގުމާއި، ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މިގޮތުން ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގުމިގެ އިތުރުން ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެއެވެ.

މިއަދު މާޅޮހުގައި މި ޚިދުމަތް ތައާރަފު ކުރުމާއެކު 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ހިދުމަތް ލިބޭނޭކަމަށް ބީއެމްއެލް އިން ބުނެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top