މާސްކު އެޅުން މަޖްބޫރު ކުރީ މާލެ ސަރަހައްދަށް އެކަނި.

img_md_202006071029441591507784.5358.jpg

ގެއިން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީ ގެ ސްޕޯކްސް ޕާރސަން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ނެރުނު ގިނަ އެންގުންތައް ހުރީ މާލެ ސަރަހައްދަށް އަމާޒުކޮށްގެން ކަމަށާއި އެގޮތުން އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވެސް މިވަގުތު މަޖުބޫރު ކޮށްފައިވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށެވެ.

އާއްމު ތަންތަނުގައި މާސްކު އެޅުން މަޖޫބުރު ކުރަން ސަރުކާރުން ނިންމީ އިއްޔެ އެވެ. އެނިންމުން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ ބައްދަލުވުމުގައެވެ.

އާއްމު ތަންތަނުގައި މާސްކު އަޅައިގެން އުޅޭތޯ ބެލުމުގެ މަސައްކަތް ރެއިން ފެށިގެން ފުލުހުން ކުރާނެ ކަމަށާއި އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މާސްކު އެޅުން މަޖޫބުރުކޮށްފައި މިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފެށުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 152 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 89 މީހުންނަކީ ދިވެހިންނެވެ.

މިއަދު އިތުރު 14 ފަރާތެއް ކޮވިޑް އިން ރަނގަޅުވެފައިވާއިރު، ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދުވަނީ 3719 އަށް އަރާފައެވެ. އަދި މިބަލީގައި މިހާރު 1120 މީހަކަށް ފަރުވާ ދެމުންދާއިރު، 16 ފަރާތެއް ވަނީ ނިޔާވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top