ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރ. އިން އދ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އިން ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު 6:30 އިން 11:30 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް ބެލެވޭއިރު ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާބކުރެވޭކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top