ސިގިރޭޓާއި އެނަޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށް ފަސިންޖަރުންގެ އަތުން 25 ޑޮލަރު ނަގަނީ

20161108_123243-1.jpg

ސިގިރޭޓާއި އެނަޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކޮށް ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގާ ގޮތަށް އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އަންނަ އަހަރަށް ލަފާކުރާ 26 ބިލިަން ރުފިޔާގެ ބަޖެޓުގައި ، ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ 21.9 ބިލިއަން ރުފިޔާގެ އާމްދަނީ އިތުރުކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ސިއްހަތަށް ގެއްލުންވާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ނިންމާފައިވެއެވެ. .

އެގޮތުން ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ސިނގިރޭޓަކުން މިހާރު ޑިއުޓީއަށް ނަގަނީ 1.25 ރުފިޔާ ކަމަށްވާއިރު އަންނަ އަހަރު އެއަދަދު 1.75 ރުފިޔާ އަށް ބަދަލުކުރުމަށް ހުށައަޅާފައިވެއެވެ. އަދި މިހާރު އެނާޖީ ޑްރިންކުން ނަގާ 15 ޕަސެންޓް ޑިއުޓީ 20 ޕަސެންޓަށް ބޮޑުކުރަން ވެސް ވަނީ ހުށައަޅާފައެވެ. މިއާއެކު ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އަލުން ނަގަން ފަށާ 25 ޑޮލަރާއެކު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ މިފަހަރުގެ ބަޖެޓަކީ ހަރަދު ކުޑަ ސިޔާސަތެއްގެ ދަށުން ތަރައްޤީގެ މަޝްރޫއުތައް ގިނަ ފުރިހަމަ ބަޖެޓެއް ކަމުގައެވެ.

މަޖިލީހަށް ހުށައަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ 0.75 ޕަސެންޓް ކުޑަ ބަޖެޓެކެވެ. އެހެންކަމުން މިއީ 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް  އިސްކަންދެއްވައިގެން ހުށައަޅާފައިވާ މި ބަޖެޓްގެ 51 އިންސައްތަ ހޭދަކުރަން ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އަދި 49 އިންސައްތަ ހޭދަކުރުމަށް ހަމަޖައްސާފައިވަނީ ކުރާނީ ކެޕިޓަލް ޚަރަދުތަކަށް ކަމަށެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ފަތުރުވެރިކަން ރަނގަޅުވެ، އިގްތިސާދީ ދުވެލި ހަލުވިވެ 4.7 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top