އަޅުގަނޑު މިހުރީ ސަރުކާރާއެކު ރައީސްޔާމީންގެ ފަހަތްޕުޅުގައި -އެމްޕީ ސަލީމް

DSCN0623.jpg

އެމްޕީ ސަލީމުއާއި އެމްޕީ ޝުޖާއު އެދަފުށީ މަގު ހަދަން ފެށުމުގެ ރަސްމިއްޔާތު ގައި - ފޮޓޯ : އޭދަފުށީ ވޮއިސް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ހުންނެވީ ސަރުކާރާއެކު ރައިސް ޔާމީން އަށް ހުރިހާ ކަމެއްގައިވެސް އެއްބާރުލުން ދެއްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ދާއިރާގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ސަލީމުގެ ސިޔާސީ ވިސްނުން ބަދަލުކޮށްލުމުގެ އެހެން މަގްސަދެއްވެސް އޮތްކަމަށް ސަލީމު ވިދާޅުޅުވިއެވެ. ” އެއިރަކު އޮންނަ ސަރުކާރަކާއެކު މަސައްކަތްކޮށްގެން ނޫން ގޮތަކަށް ދާއިރާއަށާ ގައުމަށް ތަރައްގީއެއް ނުގެނެވޭނެ. ތަޖްރިބާއަށް ބަލާއިރު މިއީ އަޅުގަނޑަސް ގަބޫލު ކުރެވުނު ގޮތް. ސިޔާސީ ގޮތުން މަސައްކަތްކުރާއިރު ބައެއްފަހަރު ވިސްނުމާ ފިކުރަށްވެސް ބަދަލުތަކެއް އަންނާނެ. އެގޮތުން ބައެއް ފަހަރު ޖަޒުބާތުގައި ޖެހި ދާންނުޖެހޭ ހިސާބަށް ދުރަށްވެސް ދެވިދާނެ.  އެކަމަކު އެނބުރި ނާދެވޭ ހިސާބު ދުރަކަށް ނުދެވޭނެ.” ސަރުކާރަށް އަލުން އެއްބާރުލުން ދިން ގޮތާމެދު ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވިއެވެ.

 

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާއުގެ ވިސްނުން ވެސް މިހާރު ބަދަލުވެފައިވާކަމުގައެވެ.

“އަޅުގަނޑު އެނބުރި އަތުވެއްޖައިން. އަޅުގަނޑާއެކު ބާރަށު ދާއިރާގެ އިއްޒަތްތެރި މެންބަރުވެސް މިހާރު މިހުރީ ރައީސް ޔާމީން އާއެކު. އެމަނިކުފާނުގެ ސަރުކާރާއެކު ކުރިންވެސް މަސައްކަތް ކުރިގޮތަށް ހުރިހާ ކަމެއްގައިވެސް އެއްބާރުލުން ދޭން ތައްޔާރަށް. ” ސަލީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ އޭނާގެ ނިންމެވުން ރައީސް ޔާމީން އަށްވެސް މިހާރުވާނީ ދަންނަވާފައިކަމުގައެވެ.

ސަލީމު ސަރުކާރަށް އެއްބާރުލުން ދޭން ނިންމާފައިމިވަނީ އޭނާގެ ރެޑްވޭވް ކުންފުނިން 50މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހުޅުމާލޭގައި ހިންގަމުން ގެންދާ ފިހާރައާއެކު ހުޅުވަން ޖެހޭ ކެފޭ އަންނަ ބުދަ ދުވަހުގެ ކުރިން ނުހުޅުވައިފިނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

އެހެންނަމަވެސް އެޗްޑީސީގެ އެ ނިންމެވުމަށް ބަދަލެއް ނާންނަކަމުގައި ސަލީމު ވިދާޅުވިއެވެ. .

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު