މޫސުން ގޯސް. ބ.އަތޮޅަށް ވައިޓް އެލާޓް

20180816_110435-1.jpg

މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ށ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށް ޔެލޯއެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މި އެލާޓް ނެރެފައި ވަނީ މިރޭ 19:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި މި ވިއްސާރާގައި ވައިގަދަވެ، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެ އެވެެ. ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް މެޓުން އެދެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

މިކަމާ ބެހޭ ގޮތުން މިއަދު ފުލުހުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށްޓަކައި އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށާއި ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކޮށް، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ ސާމާނު ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

މެޓުން ބުނީ މިރޭ 8:00 އިން ފެށިގެން މާދަމާ ރޭ 8:00 އާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭނެ ކަމަށާއި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13-23 މޭލާ ދެމެދުގެ ބާރުމިނުގަ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހެނީ ގަޑިއަކު 08-18 މޭލާ ދެމެދުގެ ބާރުމިނުގަ ކަމަށާއި ބައެއް ސަރަހައްދުތަކަށް ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top