ދިރާގުގެ 30ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި 30 މީހަކަށް 30 މަންޒިލަކަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމުގައި ދިރާގުންބުނެއެވެ.
މި ޕްރޮމޯޝަނުން ނަސީބުވެރި 15 ފަރާތެއް ހޮވޭނެއެވެ. އަދި ހޮވޭ 15 ފަރާތަކަށް އިތުރު މީހަކު ގޮވައިގެން 30 ގައުމަކަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. ފަސް ދުވަހުގެ ހުރުމުގެ ހަރަދާއި ޓްރެވަލް އިންޝުއަރަންގެ އިތުރުން 500 ޑޮލަރާއި ދަތުރުގެ އިންޝުއަރެންސް ވެސް ދަތުރުކުރާ ފަރާތްތަކަށް ލިބޭނެކަމަށް ދިރާގުންބުނއެވެ.
ދަތުރުގެ މަންޒިލަތަކުގެ ތެރޭގައި ސިންގަޕޯރ، އިންޑޮނޭޝިއާގެ ބާލީ، ސްވިޒަރލޭންޑްގެ ޒިއުރިކް، ލަންޑަން، އިސްތަންބޫލް ފަދަ ގައުމުތައް ހިމެނެއެވެ.
އަހަރިީ ދުވަހުގެ މުނާސަބާގައި ދިރާގު މޮބައިލް ކަސްޓަމަރުންނަށް ހިލޭ 1 ޖީބީ ޑޭޓާ ލިބެއެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިހިނގާ އޮކްޓޯބަރު މަހު %30 ޑޭޓާ ލިބޭނެއެވެ.މީގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ދިރާގު ސޯޝަލްމީޑިއާ ޕޯސްޓްތައް ❤️ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ‘ގޫގުލް ހޯމް މިނީ’ އެއް ހަދިޔާއެއްގެ ގޮތުގައި ލިބޭނެއެވެ.