ހަނދަށް ދިޔަތާ ބައިގަރުނު ފުރުން އަނަންތަރާއިން ފާހަގަ ކުރަނީ

239324_3_4722ad282702b5b0a88ea10e369749ebd3bacaf0_medium.jpg

އަނަންތަރާ ކިހަވަށް ރިސޯޓުގައި ތަރިތައް ބަލަން ހަދާފައި ހުންނަ އޮބްޒަވޭޓަރީ-- ފޮޓޯ:އަނަންތަރާ ކިހަވަށް

އިންސާނުން އެންމެ ފުރަތަމަ ހަނދަށް ދިޔަތާ ބައި ގަރުނު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ބ.އަތޮޅުގައި އޮންނަ އަންނަތަރާ ކިހަވައް ރިސޯޓުން ނިންމައިފިއެވެ. އެ ރިސޯޓުގައި މިދުވަސް ފާހަގަކުރާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެދުވަހަކީ އިންސާނުން ހަނދަށް ދިޔަތާ ބައި ގަރުނު ނުވަތަ 50އަހަރު ފުރޭ ދުވަހެވެ.

އިންސާނުން އެންމެ ފުރަތަމަ ހަނދަށް ގޮސްފައިވަނީ 1969ވަނަ އަހަރުގެ ޖުލައި 20ވަނަ ދުވަހު އެމެރިކާނުން އުފެއްދި ޖައްވީ އުޅަނދު އެޕޯލޯ 11ގައި އެމެރިކާގެ ތިން އެސްޓްރޮނޯޓުންނާ އެކުގައެވެ.

ދުވަހު ނޫސް “މިހާރު “ން މިޚަބަރުގެ ތަފްސީލު ގެނެސްދެމުން ބުނެފައިވާ ގޮތުގައި “އީގަލް ހޭޒް ލޭންޑެޑް”ގެ ނަމުގައި ފާހަގަކުރާ މި ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރިސޯޓުގެ ހުރިހާ ފަތުރުވެރިންނަށް ރާއްޖޭގެ ދުވަސްވީ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ހުސައިން ޝަމީމް އާއެކު ހެނދުނުގެ ނާސްތާ ނެގުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. މި ނާސްތާގެ ތެރޭގައި ފަލަކީ އިލްމާއި ގުޅޭ ތަފާތު މައުލޫމާތު ހުސައިން ޝަމީމް ދޭނެ އެވެ.

ހުސައިން ޝަމީމްއަކީ ކުޑަ އިރުއްސުރެ ތަރިތަކަށް ބަލައިގެން ދަތުރުފަތުރުކޮށް އުޅުނު މީހެކެވެ. އޭނާ ވަނީ އިޓަލީގެ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ޑރ. މަސިމޯ ތަރެންހީ ކައިރިން ފަލަކީ އިލްމު އުނގެނިފައެވެ.

އެ ރިސޯޓުގައި ބަހައްޓާފައި ހުންނަ ޓެލެސްކޯޕުން ފަތުރުވެރިންނަށް ހަނދާއި ތަރިތައް ބަލާލުމުގެ ފުރުސަތު، ނާސްތާ އަށް ފަހު ލިބޭނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަ ޖެހިފައިވަނީ ފަތިސް ގަޑީގައެވެ.

އަނަންތަރާ ކިހަވައް ރިސޯޓުން ވަނީ “ސްކައި”ގެ ތަރިތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮބްޒަވޭޓަރީއެއް ހަދާފަ އެވެ. “އެސްޓްރޯނަމަރުންގެ ސުވަރުގެ” ގޮތުގައި ސިފަކޮށްފައިވާ މި އޮބްޒަވޭޓަރީ ހުންނަނީ އުޑު މަތި ސާފުކޮށް ބަލާލެވޭނެ ހެން ޑިޒައިން ކޮށްފަ އެވެ. އަދި މި އޮބްޒަވޭޓަރީގައި ތަރިތައް ސާފުކޮށް ބަލާލެވޭނެހެން ޓެލެސްކޯޕެއް ވެސް ވަނީ ބަހައްޓާފަ އެވެ.

އެންމެ ފުރަތަމަ ހަނދަށް ގޮސްފައިވަނީ ނީލް އާމްސްޓްރޯންގް އާއި ބަޒް އަލްޑްރިން އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top