ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

58380654_2898623256830872_601071181197475840_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--ފޮޓޯ : ބއތމ.ގެ ފޭސްބުކް ޕޭޖް

ރާއްޖޭގެ ސްކޫލްތަކުގެ ފުރަތަމަޓާމްގެ ޗުއްޓީ ނިންމާލުމަށްފަހު ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފިއެވެ.  ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް މިއަދު ވަނީ ދެވަނަ ޓާމުގެ ކިޔެވުން ފަށާފައެވެ.

ފުރަތަމަ ޓާމް ޗުއްޓީގެ ދުވަސްވަރު މިފަހަރު ދިމާވެފައިވަނީ ރަމަޟާންމަހާ ގުޅިގެން ކަމަށް ވާއިރު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވަނީ ހަ ރޯދަ އަދި ނުނިމޭތީވެ ރަމަޟާން މަހުގެ ޓައިމްޓޭބަލާ އެއްގޮތަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު މި ޓާމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ވަނީ ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ކުދިންނަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދަން ކުރިން އިއުލާނުވެސް ކޮށްފައެވެ.

ބ.އަތޮޅު ތައުލީމީ މަރުމަޒުގައި ނާސްތާ ޕްރޮގްރާމް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. ހަރޯދަ ނިމިގެން ސްކޫލްތައް ކުރީގެ ޓައިމްޓޭބަލަށް ކިޔަވައިދޭން ފަށާއިރު ނާސްތާ ޕްރޮގްރާމްވެސް ފެށިގެން ދާނެކަމަށް ސްކޫލުން މައުލޫމާތު ދިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top