މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނީ ފަހު ފަތުރުވެރިޔާ ފުރާތާ 14ދުވަސް ވުމުން.

3-Bedroom-Soneva-Fushi-Villa-Suite-with-Pool.jpg

ސޮނެވާފުށި.ރިސޯޓު--މި ރިސޯޓުގައި އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ގިނަ ޒުވާނުން ވަޒީފާ އަދާ ކުރަމުން ގެންދޭ. ފޮޓޯ/ޓީއެމްްޓީ މޯލްޑިވްސް.ކޮމް

ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނީ ރިސޯޓުތަކުގައި މިހާރު ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދާތާ 14 ދުވަސްވުމުން ކަމަށް ރައީސް އިބްރާހީމް މުހައމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެނ ްވިދާޅުވީ މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް އިބްރާހީމް ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިންް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު، ފަތުރުވެރިން އައުން ހުއްޓި ރިސޯޓުތައް ހުއްޓުމަަކަށް އަންނާނެއެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިވަގުތަކީ އުދަނގޫ ދަތި ވަގުތެއްކަމުން ރިސޯޓް މުވައްޒަފުންނަށް ލިބޭ ސާރވިސް ޗާޖާއި އެހެނިހެން އެލަވަންސްތައް ނުލިބުމަކީ އެފަރާތްތަކަށް ދަތިވާނެ ކަމެއް ކަމަށް ވިޔަސް އެމުވައްޒަފުންނަށް ބޭސިކް މުސާރަ ކޮންމެ ފަރާތަކުންވެސް ދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުދޭނަމަ އެފަރާތްތައް ނަންނޯޓު ކުރުމަށްވެސް ސަރުކާރުން އޮންނާނީ ހުޅުވާލާަފައި ކަމަށާއި އެއްވެސް މުވައްޒަފަކު ނިކަމެތިވިޔަ ސަރުކާރުން ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

މުވައްޒަފުން ރިސޯޓުން ފޭބުމަށް 14 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ސާދަ ދުވަހުގެ މުއްދަތަކީ ކޮވިޑް19 އާ ގުޅިގެން މީހުން ކަރަންޓީނު ކޮށްފައި ބައިތިއްބާ މުއްދަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top