އެހަނދާންތައްް ދުވަހަކުވެސް ނުފިލާނެ -އަޒީޒު

DSCN9815.jpg

މިއަދަކީ ދިވެހީންގެ އެއްބައިވަންތަ ކަމުގެ ދުވަހެވެ. މި ދުވަސް ޚާއްސަވަނީ 2004ވަނަ އަހަރު ދިވެހިންނާ ކުރިމަތިވި ސުނާމީ ކާރިސާ ގައި މުޅި ގައުމަށް ލިބުނު ބޮޑު ގެއްލުމުގައި އެކަކު އަނެކަކަށް އެހީތެރި ވުމުގައި ދިވެހިން ދެއްކި ލާމަސީލު އެއްބައއިވަންތަކަމާއި އެއްބައެއް ވަންތަ ކަމާއެވެ.

އެ ކާރިސާގެ ފަހުން މިހާރު 15 އަހަރު ފާއިތުވެގެން ދިޔައީއެވެ. އެހެންނަމަވެސް އެ ކާރިސާ ތަޖްރިބާ ކުރި މީހުންނަށް އެ ހަނދާންތަކާ އަދިވެސް ދުރަކަށް ނުދެވެއެވެ. ދުރު ނޫން މާޒީގައި ހިނގާދިޔަ އެކާރިސާގެ ވާހަކަ ކިޔައިދެމުން ދާއިރު އަޑުގައި ހުންނަނީ ބިރުވެރި ކަމެވެ. އިހުސާސްތަކުން ދައްކައިދެނީ އިއްޔެ ވީކަމެއްގެ ސަހަރޯވެރިކަމެވެ. ދުވަހަކުވެސް މި ފަދަ ކަމެއް ކުރިމަތި ނުވުމަށް އެދޭ ކަމުގެ އިލްތިޖާއެވެ.

އެހެންވާނެއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަނޑުން ނެގި ބިޔަ ރާޅެއް ރަށުތެރެއަށް އަރައިގެން ގޮސް ބައެއް ރަށްރަށް މުޅިން ”ދޮވެލައިގެން” އަނެއް ބައިރަށްރަށުގެ ރައްޔިތުންގެ ދިރި އުޅުން އެއްކޮށް ހިފައިގެން ދިޔައީ އެކަމާމެދު ވިސްނާލާނެ ވަގުތު ކޮޅެއްވެސް ނުދީއެވެ.. އިލާހީ ކުޅަދުންވަންތަކަމުގެ ފުރިހަމަ ފިލާވަޅެއް ނަގައިދީފައެވެ. ވިސްނާ މީހުންނަށް އިބުރަތްތެރި ދަރުސެކެވެ.

އޭދަފުއްޓަކީ ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށެކެވެ. މީސްމީހުންގެ ދިރޭ މުދަލައި ގަސްގަހާގެއްސާއި އޮޑިދޯނި ފަހަރު ސުންނާފަތި ވިއެވެ. ކާރިސާ ލޮލުން ދުށް މީހުން މަންޒަރު ސިފަކުރީ ގިޔާމަތުގެ ގޮތުގައެވެ. ކަނޑުން ނަގައިގެން އައި ބިޔަ ރާޅާއެކު އެންމެން ނިމިދަނީ ކަމުގައެވެ. އެބިރުވެރިކަން ނަފްސާނީ ބަލި މަޑު ކަމަކަށް ބަދަލުވެ އެ ބަލީގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު މީހުންވެސް މަދެއް ނޫނެވެ.

އޭދަފުށި ދިޔަވަރު، އަބްދުލް އަޒީޒު އާދަމަކީ ސުނާމީ ކާރިސާ، އޭދަފުށިން ފެނިފައިވާ މީހެކެވެ. އެދުވަހު ކަންތައް ހިނގައިދިން ގޮތް ލޮލުން ދުށް ގޮތަށް އޭނާ އީވީއަށް ކިޔައިދިނެވެ. ފާހަގަކުރެވުނު ކަމަކީ އެހަނދާންތަކާ އޭނާއަށް އަދިވެސް ދުރަށް ނުދެވޭ ކަމެވެ. އެކަމުގެ ބިރުވެރިކަން އޭނާގެ މޫނަށް އަރަމުން ދިޔަ ކުލަވަރުންނާއި އަޑުން އެކަނިވެސް، ތަރުޖަމާ ކުރާ މީހުންނަށް އެނގޭ ވަރަށް ބަދަލު ވަމުން އައެވެ.

އެދުވަހުވެސް ހެނދުނު ސަޔަށް ފަހު އަޒީޒު އަތިރި މައްޗަށް ނުކުމެލީ އާދައިގެ މަތިންނެވެ. ގެ ހުންނަނީ އެންމެ އަތިރި މަތީގައި ހުންނަ ގެތަކާ އެއް ސަފުގައެވެ. ގެއާ ދިމާލުން އަތިރިމަތީގައި ހަދާފައި ހުރި އަށިމަތީގައި ދެބައި އުމުރުގެ މީހުން އެކި މައުލޫއުތަކަށް ވާހަކަ ދައްކަމުން މުނިފޫހި ފިލުވަނީއެވެ. އޭނާ އެތަނުގައި މަޑު ކޮށްލީ އެވާހަކަ ތަކުގައި ބައިވެރިވެ ލޮނު ހެޔޮވަރު ކޮށްލުމަށެވެ. ކުއްލިއަކަށް އޭނާ އަށް ބަލާލެވުނީ ގޮނޑުދޮށަށް ބީއްސާލަން އަންނަ ރާޅަށެވެ. އޭރު 8 ޖަހަނީއެވެ. އާދަޔާ ޚިލާފު ކަމަކަށް ނުވިޔަސް ކަނޑުގެ ލޮނުގަނޑު ކެކެމުން އަންނަ ތަން ފެނުމުން މި ވަނީ ”ގޮތެއް” ކަން ވިސްނުނެވެ، ދެންވެސް ބަލަހައްޓައިގެން ހުރީއެވެ. ދެވަނަ ރާޅުވެސް އައިސް ގޮޑު ދޮށަށް ބީއްސާލައިފިއެވެ. ތަފާތަކީ ކުރިއަށް ވުރެ ރާޅު ބޮޑުވެފައި މާބޮޑަށް އެއްގަމަށް އެރުމެވެ. ލޮނުގަނޑު ކެކުންވެސް ބޮޑުވެއްޖެއެވެ. އެމަންޒަރު އަށީގައި ތިބި މީހުންނަށް ދައްކާލާފައި މިވެނީ ކީއްހޭ އަހާލެވިއްޖެ އެވެ.އެމީހުންނަށް އެއީ  އާދަޔާ ހިލާފު ކަމަކަށް ނުވިއެވެ.

”ކަނޑުގެ ލޮނުގަނޑު ފާޑަކަށް ކެކެމުން މައްޗަށް އަރަނީ. ހީކުރީ އުދަ އެއް އަރަނީކަމަށް.އެތާތިބި މީހުންވެސް ގަބޫލު ކުރީ އެގޮތަށް. ” އަޒީޒު ބުންޏެވެ.

އެކަމަކު ތިންވަނަ ރާޅު، އައިސް އައްޓާ ހަމަވުމުން އާދަޔާ ޚިލާފު ކަމެއް ކަން ވިސްނިއްޖެއެވެ. އެހިސާބުން މަންޒަރު ބަދަލު ވެއްޖެއެވެ. އަށީގައި ތިބި މީހުންވެސް މިވާ ގޮތެއް ބެލުމަށް ސަމާލުވެއްޖެއެވެ. އަޒީޒަށްވެސް ވީ އެހެން ގޮތެކެވެ. ދުއްވައިގަނެވުނީ އެވެ. އެކަމަކު ކުރިއަކަށް ނުދެވުނެވެ. އަނެއްރާޅާ އެކު އޭނާ ގެންގޮސް މަޑުކޮށްލީ އޭނާގެ ގެއާ ހަމައިގައެވެ.

އޭރު ފަޅުގައި އަޅާާފައި އޮތް އޭނާގެ 16 ރިޔަނުގެ ދޯނި މަތިން ހަނދާންވުމާއެކު ދޯނި ސަލާމަތް ކުރުން ހުރިހާ ކަމަކަށްވުރެ މުހިއްމު ވެއްޖެއެވެ. “އަނބިދަރިންނާއި މުދަލަށްވުރެ ބޮޑަށް އިސްކަން ދެވުނީ ދޯންޏާމެދު. ދަރިންނާ ގެއާ ދޫކޮށްލާފައި ދިޔައީ ދޯންޏާ ދިމާއަށް. ދޯންޏަށް އަރާ، ކަފީގައި ހިފަހައްޓައިގެން އިންދާ ދެން ނެގި ރާޅުގައި ދޯނި އެއްކޮށް އައީ އެއްގަމަށް.”

ދޯނި އައިސް ހުއްޓުނީ އެތަނުގައި ހުރި ދިއްގާ ގަހުގެ ބުޑަށެވެ. ދިއްގާގަސް އައީ މުލުން ލުހިގެންނެވެ.

މާގިނަ ވަގުރު ތަކެއް ހޭދައެއް ނުވިއެވެ. އިތުރު ރާޅެއް އައިސް އެއްގަމުގައި އޮތް ދޯނި އައީ ފުންވެގެންނެވެ. ކުރެވޭނެ އިތުރު ކަމެއް ހަދާނެ ގިތެއްވެސް ނޭގި ދަންނަހައި ހެޔޮ އެއްޗެއް ކިޔާލަ ކިޔާލަ ކަފީގަ ބައްދާލައިގެން ހުރީއެވެ. “އެގޮތަށް 3 ރާޅު އައިސް ދިޔައިރު ހުރިހާ ކަމެއް ނިމިއްޖެ. ގޣެގައި ހުރި މ\ާތަކެއްޗާ ގޭގެ ފާރުތަކުގެ އަޑިން ލޮނުގަނޑު ދެމެމުން ދާތީ ބައެއް ފާރު ވެއްޓި އަނެއްބައި ފާރުގައި ރެނޑު ލާފައި ހުރީ. ” ހުރި ފަރުނީޗަހާ ކަމެް ނިމިއްޖެ. އަތިރި ސަފުގަ ހުރި ވަރަށް ގިނަ ގޭގެ ފާރުތައްވެސް. ގެއަށް ްެއކޮސް ލޮނު ވަދެ ފަސް ގަނޑު ކަނދައިގެން ގޮސް ގޭގެ ކޮތަރި ފާރުވެސް ވެއްޓިފަ. އަންހެނުންނާ ދަރިންވެސް ރޮނީ. ކާކޫތާ ފެނަ\ސް ފެން ހެދިފަ ގޭތެރެ،ގެންގުޅޭ ފަރު ނީޗަރުތަކާ| ހުރިހާ އެއްޗެއްވެސް . ހުރިހާ އެއްޗެއް ހަލާކު. ދެދޯނި ސަލާމަތްވި.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top