ބޮޑުޗުއްޓީ ދެބަޔަށް ބަހާލައިފި

DSCN6889-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--އީވީ ފައިލް ފޮޓޯ

ރާއްޖޭގެ މަދަރުސާތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވަިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ މިނިސްޓްރީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުކޫލްތަކުގެ އަހަރީ ޗުއްޓީއަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާއެކު ވަގުތު ހޭދަ ކޮށްލުމަށް ލިބޭ ދުވަސްވަރަކަށްވީ ނަމަވެސް މިހާރު ދިރާސީ އަހަރު ނިމި ސުކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެމްބަރު އަދި ޖަނަވަރީ މަސް ކަމަށެވެ. އަދި އެ ދުވަސްވަރަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރު ކަމަށްވުމުން އެ ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބުމުގައި ގިނަ ފަހަރު ދަތިތައް ދިމާވާ ކަމަށެވެ.

އެހެން ކަމުން ކޮންމެ ކުއްޖަކު ވެސް އަހަރީ ޗުއްޓީ އާއިލާގެ މެންބަރުންނާއެކު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރި މަޝްވަރާތަކާއި ގުޅިގެން ސުކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާސީ އަހަރު ނިންމުމަށްދޭ “ބޮޑު ޗުއްޓީ” ދެ ބަޔަކަށް ބަހާލުމަށް ފަހު 2020 ވަނަ އަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 ފެށިގެން 11 ޖޫން 2020 އަދި ދެވަނަ ބައި ހައެއް ޑިސެންބަރު 2020 ފެށިގެން ހަތެއް ޖަނަވަރީ 2021 އަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަހަރީ ޗުއްޓީއަށް ގެނެވުނު ބަދަލާއެކު އެހެން ސިނާއަތްތަކާއި، އޮފީސްތަކަށްވެސް މުވައްޒިފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަކަށް ލުޔެއް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top