ހައިސެންސް ޓީވީ ހެޔޮއަގުގައި ބޭނުންތޯ.؟ މިއޮތީ ފުރުސަތު

big_oh5USTyL2Exc24G-1.jpg
އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ މަޝްހޫރު ހައިސެންސް ބްރޭންޑްގެ ޓީވީ އަގުހެޔޮ ކޮށް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ރެޑްވޭވް އިން އެފުރުސަތު ހުުވާލައިފި އެވެ. 
ހައިސެންސް އަކީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރއެވެ. އަދި 2016 ވަނައަހަރު އަދި ކުރިއަށްއޮތް 2020ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރުގެއާއިޅި މަސްލަހަތު އޮންނަ ، ރެޑްވޭވް ކުންފުނިން ، ސީދާ ހައިސެންސް ކުންފުނިން ރާއްޖެއަށް އިމްޕޯރޓްކޮށް ޑިސްޓްރިބިއުޓްކުރުމަށް ހަމަޖެހިފައިވާއިރު ވަރަށް ހެޔޮ އަގުތަކެއްގައި ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ޕްރީއޯޑަރ އަގުތައް އާއްމު އަގުތަކަށްވުރެ ހެޔޮވާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

ޕްރީއޯޑަރ ކުރުމަށްބޭނުންވާ ކަސްޓަމަރުންނަށް ޓީވީގެ އަގުގެ 75އިންސައްތަ ފައިސާ ދެއްކެވުމުން ޕްރިއޯޑަރ ކުރައްވާ ޓީވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބިވަޑައިގަންނަވާނޭކަމުގައި ރެޑްވޭވުން މަޢުލޫމާތު ދެއްވައެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޗްޑީ، ފުލްއެޗްޑީ އަދި ޔޫލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނެއެވެ. އެގޮތުން 32އިންޗި އާއި 100އިންޗީގެ ދެމެދުގެ ސައިޒުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައިސެންސް ޓީވީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top