ކެންދޫގައި ޤުރްއާން ތަރުޖަމާ މުބާރާތެއް ބާއްވައިފި

viber_image_2023-04-17_10-13-25-657.jpg

ރަމަޟާން މަހާއި ގުޅިގެން ބ. ކެންދޫގެ އާންމުންނަށް ހުޅުވާލައިގެން ކީރިތި ޤުރްއާން ތަރުޖަމާ މުބާރާތެއް ކުރިޔަށް ގެންގޮސްފި އެވެ. 

ކެންދޫ ކައުންސިލާއި، ކެންދޫގައި ޤުރްއާން ކިލާސް ހިންގާ ފަރާތްތަކާއި ގުޅިގެން މިދިޔަ ހަފްތާ ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރިއެވެ.

ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހްމާން ވިދާޅުވީ މިފަދަ ތަފާތުކަމެއް މިއަހަރު ރޯދައަށް އާންމުންނަށް ތައާރަފު ކުރުމުގެ ބޭނުމަކީ ކީރިތި ޤުރްއާނަށް އާންމުން ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ.

“އާންމުންގެ ޝައުގުވެރިކަން ވަރަށް ބޮޑު ހަގީގަތުގައި. ކޮންމެ ރަށަކު ވެސް މިގެންދަނީ ޤުރުއާން މުބާރާތް ނޫނީ މަދަހަ މުބާރާތެއް. އަޅުގަނޑުމެން ކައުންސިލުން ވިސްނީ މިކަން އެހެން ލެވެލް އަކަށް ގެންދަން. ތަރުޖަމާ މުބާރާތެކޭ ގެންދާނީ ކުރިޔަށް” އިބްރާހީމް ވިދާޅުވިއެވެ. 

މުބާރާތުން 1 ވަނައަށް އައި މުނިޔާ ޓީމަށް ކައުންސިލުން ވަނީ 3000ރ ގެ އިނާމް ދީފައެވެ. އަދި ދެވަނަ އަށް ދިޔަ ދޮންވެލި ޓީމަށް 2000ރ ގެ ފައިސާގެ އިނާމް ދިނެވެ. 

އިބްރާހީމް ވިދާޅުވީ މިއަހަރުގެ ތަރުހީބަށް ބަލައި އަންނަ އަހަރު މުބާރާތް އިތުރަށް ފުޅާކުރަން ވިސްނަވާ ކަމަށާ، އާންމުންގެ ބައިވެރިވުން ބޮޑުވާނޭ ގޮތަކަށް ކައުންސިލުން ވިސްނާނެ ކަމަށެވެ. 

“ކައުންސިލްގެ އަހަރީ ޕްލޭންގައި ހިމެނިގެން ކުރިޔަށްދާ ކަމެއް މިކަމަކީ، އަންނަ އަހަރު އިތުރަށް ފުޅާ ކުރުން މަގްސަދަކީ”

ކީރިތި ޤުރްއާން ތަރުޖަމާ މުބާރާތެއް ކެންދޫގައި ބޭއްވިއިރު، އެރަށަކީ އަތޮޅު ފެންވަރުގައިވެސް ކީރިތި ޤުރްއާން ގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top