ފަލަކީ ހިސާބުން ދައްކަނީ ހުކުރު އީދު ކަމަށް: މައުމޫން

Maumoon-1-q55lbibb96mu9k7j9mvs1aa3cjo14xdtgoqucaunhs.jpg

ފަލަކީ ހިސާބުން ދައްކާގޮތުން މިއަހަރުގެ ފިތުރު އީދު ވާނީ ހުކުރު ދުވަހަަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ޓްވީޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އައިޝަތު ހައިފާ ނަމަކަށްކިޔާ މީހަކު ރައީސް މައުމޫން ޓެގް ކުރައްވައި ކުރި ސުވާލެއްގައި އަހާފައިވަނީ އީދު ވާނީ ކޮން ދުވަހަކަށްތޯ؟ އާއި އެއެއް ބަލައިލަން ބޭނުންވަނީ ސީދާ އެ ދުވަހަށް ރަށަކަށް ފުރަން ބޭނުންވާތީ ކަމަށެވެ.

”ފަލަކީ ހިސާބުން ދައްކާގޮތުގައި ޢީދު ވަނީ ހުކުރު ދުވަހަކަށް“ ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓާ (އައިއޭސީ) އިން ލަފާކޮށްފައިވަނީ މިފަހަރުގެ ފިތުރު އީދުދުވަސް ކަމަށް ވާނީ ހޮނިހިރު ކަމަށެވެ.

އަބޫދާބީގައި ހުންނަ އެސްޓްރޮނޮމިކަލް މުއައްސަސާއެއް ކަމަށްވާ އައިއޭސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, އެ ސެންޓަރުގެ ލަފާ ބިނާވެފައިވަނީ ފަލަކީ މައުލޫމާތަށް ކަމަށާއި އީދުގެ ސީދާ ތާރީޚު ޔަގީންކުރާނީ ހަނދު ފެނުމުން ކަމާބެހޭ ފަރާތްތަކުން ކަމަށެވެ.

ރާއްޖޭގެ ކަލަންޑަރުގައި ވާގޮތުން މިފަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ ރައީސް މައުމޫނު ވެސް ފާހަގަކުރެއްވި ފަދައިން ހުކުރު ދުވަހެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top