މާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅުން އަގުނަގާނެ

Untitled.png

މާދަމާ، 18 އޭޕްރީލް 2023 އިން ފެށިގެން ރާއްޖެގެ ކޮންމެ ތަނެއްގައި ވެސް ވިއްކާ ނުވަތަ ހިލޭ ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން މަދުވެގެން 2 ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް މީރާ އިން ބުނެފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް އެވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ވާނެ އެވެ.

މިއީ ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގާނޫނީ ގޮތުން ކުރާ ކަމެކެވެ.

މިކަމުގެ ހައްލަކީ ކަރުދާސް ކޮތަޅު ބޭނުންކުރުމާއި ‘ރިޔޫޒަބްލް’ އަލުން ބޭނުންކުރެވޭ ޒާތުގެ ކޮތަޅުތައް އާއްމު ބޭނުންތަކުަގއި ބޭނުންކުރުމެވެ. އަދި ކޮންމެހެން ޕްލާސްޓިކް ކޮތަޅު ބޭނުންކުރަން މަޖުބޫރު ނުން ހާލަތްތަކުގައި އެބާވަތެއްގެ ކޮތަޅު ބޭނުންކުރަން އާދަ ކުރުމެވެ.

ވަކިން ޚާއްސަކޮށް ފިހާރަތަކަށް ވިޔަފާރި ކުރަން ދާއިރު، އަލުން ބޭނުންކުރެވޭ ޒާތުގެ ކޮތަޅު ހިފައިގެން ދިއުމަށް އާދަ ކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top