މިއަހަރު ނިމެންވާއިރު ކުންފުނިތަކުގައި މުވައްޒަފުން ތިބޭނީ ބޭނުންވާ މިންވަރަށް: ރައީސް

a236b844-1330-4493-baf9-7f3a4fe21a57.jpg

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިއަހަރު ނިމެންވާއިރު އެ ކުންފުނިތަކުގައި މުވައްޒަފުން ތިބޭނީ ހަގީގަތުގައިވެސް ބޭނުންވާ މިންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު، ސަރުކާރު ކުންފުނިތަކުގައި 18،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމުގައެވެ.

އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހިއްސާކުރި މައުލޫމާތުތަކަށް އަލިއަޅުއްވާލައްވަމުން، އެ މުވައްޒަފުންނަށް ވަޒީފާ ދީފައިވަނީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވެރިކަމާ ހަވާލުވި ދުވަސްވަރާ އަޅާބަލާއިރު މިހާރުވެސް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

”އެހެންވީމަ މި މަސައްކަތް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާ އިރަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ހުންނާނީ ކުންފުނިތަކައް ބޭނުންވާ ވަރަށް.“

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރާކަމަށްވަންޏާމުން، ކުންފުނިތަކަށް ބޭކާރު ގޮތުގައި ނަގާފައި ތިބި މުވައްޒަފުން ވަކިކުރަން ޖެހެ އެވެ. އެކަމަކު މުވައްޒަފުންގެ އަދަދު މަދުކުރަމުން ދާނީ ޒިންމާދާރުކަމާ އެކު ކަމަށް ވިދާޅުވި އެވެ. އެގޮތުން މުވައްޒަފުން ދޫކުރާއިރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރަށް ވަކިވާ މީހުންނަށް ރިޓަޔާމެންޓް ޕެކޭޖެއް ހަމަޖެހިގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި މުވައްޒަފުން ވަކިކުރާ އިރު އެ މީހުންނަށް ލޯނެއް ނަގައިގެން ވިޔަފާރި ފެށުމަށް މަގުފަހިކޮށްދީފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، ސަކާރުން މިހާރު އޮތީ އާރްޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލުކޮށް، ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top