ފެމިލީ ސެންޓަރަށް މުވައްޒަފުން ހޯދަން ކުރި އިއުލާނު ބާތިލް!

DSCN9434.jpg

ފޮޓޯ :އީވީ

ޖެންޑަރ މިނިސްޓްރީގެ ފަރާތުން އޭދަފުށީގައި ހިންގާ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ކުރި އިއުލާނު ބާތިލް ކޮށްފިއެވެ.

މި އަހަރު ފެށުނުތަނާހެން ކޮށްފައިވާ އިއުލާނު ބާތިލްކޮށްފައިވަނީ ވަޒީފާތަކަށް އެޕްލައި ކުރި ބައެއް މީހުންނާ އިންޓަވިއު ކުރުމަށް ފަހު ގިނަ ދުވަސްތަކެއްވުމަށް ފަހުއެެވެ.

ފެމިލީ ސެންޓަރަށް ބޭނުންވާ އެކި މަގާމުތަކުގެ ތެރޭގައިކުޑަކުދިން ބެލެހެއްޓުމަށް 26 މީހުންނާއި އެސިސްޓެންޑް ޑިރެކްޓަރަކާއި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އިތުރުން މަސައްކަތު މީހުންނާއި ކައްކާއިންނާއި ވޮޗަރުން ހިމެނެ އެވެ.

މިކަމާގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ޖެންޑަރ މިނިސްޓްރީއާ ގުޅުމަށް އީވީ އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

އޭދަފުށީގައި ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ނަމުގައި އޭދަފުށީގައި ސެންޓަރެއް ގާއިމްކޮށް 2007 ވަނައަހަރުން ފެށިގެން ހިންގަމުން ގެންދެއެވެ. މިސެންޓަރުގައި މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ ކުދިން އުޅެއެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top