ރ.މަޑުއްވަރީގައި އަންހެނަކު މަގުމަތިން ހިފަހައްޓައި ފޭރިގަންނަން އުޅެފި

img_6ab6df4390845745240303.jpg

ރ. މަޑުއްވަރީގައި މަގުމަތިން ބިދޭސީ އަންހެނަކު ހިފަހައްޓައި، ބިދޭސީ ފިރިހެނަކު އޭނަގެ އަތުން ފައިސާ ފޭރިގަންނަން މަސައްކަތްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބިދޭސީ ފިރިހެނަކު ވަނީ ބިދޭސީ އަންހެނަކު މަގުމައްޗަށް ވައްޓާލައި، އޭނާގެ އަނގަ ބަންދުކޮށް ބިރުދައްކާފައެވެ.

އެ ރަށު ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ އެ އަންހެން މީހާގެ އަތުގައި ހުރި ފައިސާތައް މަގުމައްޗަށް ވެއްޓިފައިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެ ބިދޭސީ ފިރިހެން މީހާގެ އަމަލުތައް ހުއްޓުވީ އެ ސަރަޙައްދަށް ދިޔަ ދިވެއްސެކެވެ.

ވީޑިއޯކުރި މީހާ އޭނާ ދޫކޮށްލަން އެންގުމުން ދޫކޮށްލަމުން، އިންޒާރުދޭ ތަން ވެސް ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރޭ އިރާކޮޅު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކަން އިތުރށް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top