މަތީ ތައުލީމުގެ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް ނިންމައިފި

large_172698649031Z3xi.png

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: އޭނާ ވިދާޅުވީ މީހުން ލައްވާ އެސައިމަންޓު ހަދާތީ، އިމްތިހާނުތަކަކުން 50 ޕަސެންޓު ފާސްވާންޖެހޭ ގޮތަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް -- ފޮޓޯ/ އެމްކިއުއޭ

މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް (އެމްކިއުއޭ)ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެހެން މީހަކު ލައްވާ އެސައިމަންޓް ހެދުމާއި އެސައިމަންޓު ނިންމުމަށް އެހީތެރިވެދޭ ބައެއް ޕޭޖުތަކާއި ވެބްސައިތްތައް ބޭނުންކޮށްގެން ވެސް އެސައިމަންޓްތައް ހަދާ މައްސަލަތައް ވަރަށް ގިނަކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާނު ތަކުން 50 އިންސައްތަ ފާސްވެގެން ނޫން ގޮތެއްގައި އެ ކޯހުން ފާސް ނުވެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ފިޒާނާ ވިދާޅުވި އެވެ. އަދި އެ އުސޫލު ވަރަށް އަވަހަށް ގެޒެޓް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފިޒާނާ ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ޖެހޭ އެސައިންމަންޓަށް 40 އިންސައްތަ އިން ފެށިގެން 70 އިންސައްތައާ ހަމަޔަށް މާކްސް ދެ އެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި 100 އިންސައްތަ އެސައިންމަންޓުން ދަރިވަރުން ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެ އެވެ.

އެހެންމީހުން ލައްވާ އެސައިމަންޓުތައް ހަދަނީ އާންމުކޮށް އަގު ދީގެންނެވެ. ނަމަވެސް ހިލޭ އެކަން ކުރެވޭނެ ޕޭޖުތައް ވެސް މިހާރު ވަރަށް ގިނައެވެ. އެގޮތަށް އެކަން ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެ ދަރިވަރެއް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް ގަވާއިދުގައި އޮވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top