ނަރުހުންގެ ދަތިކަން ކުރިމަތިވެ ރައްޔިތުންގެ ޝަކުވާ ކުރިމަތިވެފައިވާ ބ.އަތޮޅު ހޮސްޕިޓަލަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި އެންމެ ތިން ދިވެހި ނަރުހުން ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
ތިން ނަރުހުން ހޯދަން އިއުލާން ކޮށްފައިވަނީ ރެޖިސްޓަޑް ނަރުހުންގެ ޕަބްލިކް ސަރވިސް ރޭންކް 5 އަދި 7 އަށެވެ.
އިއުލާނުގައި ވާ ގޮތުން ޕަބްލިކް ސަރވިސް ރޭންކު 7 ގެ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންސިލުގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހަކަށެވެ.
ޕަބްލިކް ސަރވިސް ރޭންކު 5 ގެ ނަރުހުންނަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ.
ރޭންކް 7 ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13057 ރުފިޔާ އާއި 6094 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔަތުގެ ގޮތުގައި 165 ރުފިޔާ ލިބޭނެ އެވެ.
ރޭންކް 5ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 11,428 ރުފިޔާ އާއި 5,333.00 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔަތުގެ ގޮތުގައި 144 ރުފިޔާ ލިބޭނެ އެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ 29 ސެޕްޓެންބަރު 2024ގެ 14:00އެވެ.
ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.