ރޮހިންޖާ މުސްލިމުންނަށް ކުޑަރިކިލުން ގިނައަދަދަކަށް އަންނައުނާއި، ނެޕީ؟!

jgy.jpg

ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާއިން ބަހައްޓާފައިވާ ފަންޑް ފޮއްޓަށް ބަޔަކު ފައިސާ ހަދިޔާ ކުރަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ބ. ކުޑަރިކިލުގެ ރައްޔިތުން ގިނަ އަދަދަކަށް އަންނައުނާއި، ނެފީ ހަދިޔާކޮށްފިއެވެ.

ކުޑަރިކިލު ރައްޔިތުން މިތަކެތި ހަދިޔާ ކުރަމުންދަނީ ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާގެ ފަރާތުން މިދިޔަ ހުކުރު ދުވަހު އެރަށުގައި ފެށި ހަރަކާތުގައެވެ. މިމަހުގެ ފަންސަވީހާ ހަމައަށް އެޖަމްއިއްޔާއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ރަށުގެ ހުރިހާ ފިހާރައަކާއި، ޖަމްއިއްޔާ ގޭގައި ފަންޑް ފޮއްޓެއްވެސް ވަނީ ބަހައްޓާފައެވެ.

ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާގެ ނާއިބް ރައީސް އާސިފް މޫސާ އީވީއަށް ވިދާޅުވީ ފަންޑް ފޮށިތަކަށްވެސް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަކަމަށާ، އެހެންނަމަވެސް އަންނައުނާއި، ނެފީ ފަދަތަކެތި ލިބެމުންދަނީ އާދަޔާ ހިލާފަށް ގިނައިން ކަމަށެވެ.

“ހަމަ ފަޓްލޫނާ ގަމީސްވެސް އެބައާދޭ އެވަރަށް، އަންހެނުންގެ ހެދުންވެސް ގިނަ އަދަދަކަށް ލިބޭ. އަނެއްކާ ކުޑަކުދިންގެ ނެޕީވެސް. ވަރަށް ބޮޑު ތަރުހީބެއް ލިބޭ އެބަ އަންނައުނު ހަދިޔާ ކުރުމަށް ހާއްސަކޮށް. ދެން ފަންޑު ފޮށިތަކަށްވެސް ފައިސާ ލިބެމުންދޭ. އަދަދު ސީދާ އެނގޭނީ ފަންސަވީސްވަނަދުވަހު. އެދުވަހު ފޮށިތައް ކަނޑާނީ” ކުޑަރިކިލު ކައުންސިލްގެވެސް މެމްބަރެއްކަމުގައިވާ އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އެހީގެ ގޮތުގައި ލިބޭތަކެތި، 25 ވަނަދުވަހުގެ ފަހުން ސަރުކާރުން މިކަމާ ގުޅިގެން އުފައްދާފައިވާ ކޮމެޓީއާއި ހަވާލުކުރެވޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top