އިތުރު މަގުތަކެއްގައި ތާރު އެޅުމާމެދު މަޝްވަރާ ކުރަނީ

IMG_20170718_165917-800x450-800x450.jpg

އޭދަފުށީގެ މަގެއްގައި ގާ އަތުރަނީ

ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަމުން ގެންދާ އޭދަފުށީގެ 17 މަގުގެ މަސައްކަތް ކުރިއަށް ދާއިރު އިތުރު މަގު ތަކެއްގައި ތާރު އެޅުމާމެދު ސަރުކާރާ އެކު މަޝްވަރާ ކުރަމުން ދާކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

ތޮލާލް ވިދާޅުވީ ރައްޔިތުންގެ އެދުމާއެކު އިތުރު މަގުތަކެއްގައި ތާރު އަޅައިދިނުންއެދި ކުރެވެމުންދާ މަޝްވަރާ ކާމިޔާބުވާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާކަމަށާއި އަންނަ ހަފްތާގައި މިކަމަށް ހައުސިން މިނިސްޓްރީން ގޮތެއް ނިންމަވާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

“މުހިއްމު ބައެއް މަގުތައް އިތުރުކުރެވޭތޯ އަޅުގަނޑުމެން މަޝްވަރާކުރަމުންމިދަނީ. ވަރަށް ބޮޑަށް އުއމްީދުކުރެވޭ ހައުސިންއިން މިކަމަށް އާބަސް ބުނާނެކަމަށް” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށީގެ 17 މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ ) އާ ހަވާލުކުރައްވާފައިވަނީ 33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ..

އެހެން ނަމަވެސް 15ޖޫން 2015ގައި ހަވާލު ކުރި މިމަސައްކަތް އޭދަފުށީގައި ފަށާފައިވަނީ މި ދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.

މަގު ހެދުމުގެ ގޮތުން މިހާރު އޭދަފުށީގައި ކުރެވެމުން ދަނީ މަގުތަކުގެ ޕޭމެންޓުގައި ގާއެތުރުމުގެ މަސައްކަތާއި ޖަންކްޝަންތައް ބެހެއްޓުމާއި ހޮޅި ވަޅުލުމުގެ މަސައްކަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top