ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަނީ

އެމް-ޓީސީސީ-.jpg

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިމަހުގެ 17 ވަނަ ދުވަހު ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮނުމަށް ފަހު ބިންގަނޑު އެއްވަރުކުރަން 11,700 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެ އެވެ. މީގެ އިތުރުން ބެޑު ތައްޔާރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

އެމްޓީސީސީން އިތުރަށް ބުނީ މަޝްރޫއު އެއްކޮށް ނިންމާލާއިރު 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 10.13 މިލިއަން ރުފިޔާ އަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top