އޭދަފުށި ތިންވަނައަށް

medium_90117.jpg

އޭދަފުށި- ގފަރެސްމާތޮޑާ ސެމީ ފައިނަލްގައި ބައްދަލުކުރި މެޗް ފެށުމުގެ ކުރިން

މިނިވަން50 ފުޓްބޯޅަ މުބާރާރުގެ ތިންވަނަހޮވުމަށް ސެމީފައިނަލުގައި ބަލިވި އޭދަފުއްޓާއި ފޯކައިދޫ މިއަދު ބައްދަލުކޮށް 3-2ން އޭދަފުށީ މެޗް ކާމިޔާބުކުރުމުން އޭދަފުށްޓަށް މިމުބާރާތުގެ 3ވަނަ ލިބިއްޖެއެވެ.

އައްޑޫސިޓީގެ ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗްގެ ފުރަތަމަ ލަނޑު 9ވަނަ މިނިޓްގައި އޭދަފުއްޓަށް ހޯދައިދިނީ ރިޔާދުއެވެ. ނަމަވެސް މެޗްގެ 29ވަނަ މިނިޓްގައި ފޯކައިދޫގެ މުޝީރުގެ ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ.

އޭދަފުށީގެ ދެވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގައެވެ. ކެޕްޓަން މަޖީދު ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންހިފައިގެން މިލަނޑު ޖަހާފައިވަނީ ފާސިރުއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ތިންވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްދިނީ ފާސިރު ނަގައިދިން ހުރަހަކުން ސަލީމުއެވެ. އެހެންނަމަވެސް ދާދި ހަމަހަމަގޮތެއްގައި ކުޅެމުންއައިސް ފޯކައިދޫގެ ދެވަނަ ލަނޑު އެޓީމުގެ ނަވާޒް ކާމިޔާބު ކޮށްދިނެވެ.

މިއަދުގެ މެޗަކީ ބަލައިލަން ރީތި ވަރަށް ވާދަވެރި މެޗެއްކަމުގައި ކުޅިބަލަން ތިބި މީހުންގެ އިތުރުން ދެޓީމުގެ އޮފިޝަލުންވެސް އެއްބަސްވެއެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާ އައްޑޫސިޓީގެ ހިތަދޫ ސްޓޭޑިއަމްގައެވެ. ބައްދަލުކުރާނީ ސ. ފޭދޫއާއި ފަރެސް މާތޮޑާއެވެ. މިމެޗް ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ އައްޑުއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top