އޭދަފުށީގައި ފިއުލް ސްޓޭޝަންގެ ޚިދުމަތް ދޭން ފަށައިފި

Screenshot-2026-03-21-162631.png

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ބ. އޭދަފުށީގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މަސްވެރިންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކާއި ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ރ. ދުވާފަރު، ހދ. ހަނިމާދޫ، ހއ. އިހަވަންދޫ އަދި ބ. އޭދަފުށީގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން ށ. މިލަންދޫގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ފ. ނިލަންދޫގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ނ. މަނަދޫ، ގދ. ފަރެސްމާތޮޑާ، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައިވެސް ސްޓޭޝަންތައް ޤާއިމްކުރާނެއެވެ.

މި މަޝްރޫޢުގެ އިތުރުން، ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު ހަރުދަނާކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައެވެ. މިހާރުވެސް އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން އައްޑޫ ސިޓީ (ގަން އަދި ހުޅުމީދޫ)، ފުވައްމުލައް، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައި ދަނީ ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top