ކަމަދޫ ކަނބަލުންނާ ފޮށެނީކަމަށް ވިދާޅުވެ އާޒިމާގެ ނުރުހުން

i3PMwXs5WUXYv0ASuoqSy1tOl0uwWzuc1I4DEDbV.jpg

ބޮޑު އީދު ފާހަގަކުރުމަށް ބ. ކަމަދޫގައި ބާއްވަމުން އަންނަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވި އެ ރަށު ޒުވާން އަންހެން ކުދިންގެ ރީތިކަމުގެ ވާހަކަ މިހާރު ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި އެކި މީހުން ދައްކަމުން ދާތީ އެއީ “ފޮށުން” ކަމަށް ވިދާޅުވެ ކުރީގެ އެޓާނީ ޖެނެރަލް، އާޒިމާ ޝަކޫރު ނުރުހުން ފާޅުކުރައްވައިފި އެެވެ.

ފޭސްބުކުގައި އާޒިމާ، “ފީލިން ޑިސަޕޮއިންޓެޑް” އާ އެކީ ވިދާޅުވީ ކަމަދޫ އަންހެން ކުދިން ހުނިހަޖާލައިގެން، ފޮޓޯ ޝެއާކޮށްފައި އެކި ފާޑުގެ ސްޓޭޓަސް ޖަހާއިރު އެކުދިންގެ “މައްސަލަ” އަކީ ރީތިވުން ކަމަށެވެ.

މިއީ ފޮށުން ނޫން ކޮން ކަމެއްތޯއޭ ވިދާޅުވެ އާޒިމާ ސުވާލު ކުރެއްވި އެވެ. އަދި މިއީ ޖިންސީ ފުރައްސާ ކުރުން ކަމަށް ވެސް އާޒިމާ ސިފަ ކުރެއްވި އެވެ.

”އެ ކުދިން ކުރިކަމަކީ ރީތިވުމެވެ. އަންހެނުންނަށް ވުމެވެ. މީ ފޮށުން ނޫން ކޮންކަމެއް ހެއްޔެވެ؟ އޮބްޖެކްޓިފައި ކުރުން ނޫން ކޮންކަމެއް ހެއްޔެވެ؟“ އާޒިމާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހަރުދަނާކަމަށް ހީކުރި ބައެއް މީހުންވެސް ސޯޝަލް މީޑިއާގައި ދަނީ ކަމަދޫ ކަނބަލުންނާ “ބެހި” ސްޓޭޓަސްތައް ޖަހަމުން ޖަހަމުންނެވެ.

”ރީތިވީމަ، ނޫނީ ނަށަން ނިކުތީމަ ފޮށެވެނީއޭ ބުނާށެވެ. ރޭޕް ކުރަނީ ރޭގަނޑު ބޭރަށް ދާތީ އޭ ވެސް ބުނަނީތާ އެވެ. އީދު ކުޅިވަރުގައި އެތައް ފިރިހެނުންނެއް ބައިވެރިވެ އެވެ. އެކަމަކު އެމީހުންނަކާ މި ބީދައިން ނޮފެށެ އެވެ. އަތުގައި އޮންނަނީ އެންމެ ފަހުގެ ފޯނެވެ. ރާއްޖެ ތަރައްގީ ކުރެވޭނީ ސިންގަޕޫރު އަދި ޖަޕާން ފެންވަރަށެވެ. އެކަމަކު ސިކުނޑީގައި ތަހުޒީބު ކަމެއް ވިސްނުމުގައި އަހުލާގެއް ނެތެވެ. މިއީ އަޅުގަނޑަށް ފެނުނު ތަނެވެ.“ އާޒިމާ ވިދާޅުވި އެވެ.

.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top