މަޝްހޫރު ނޫސްވެރިޔާ އިސްމާއީލް ނަސީރު އައިސީޔޫ ގައި

large_171904771825QAvC.jpg

މިހާރުގެ އެޑިޓަރު އިސްމާއިލް ނަސީރު: އޭނާއަށް މޭޖާ ސްޓްރޯކެއް ޖެހިގެން އަންނަނީ ފަރުވާދެމުން -- ފޮޓޯ/ މިހާރު

ރާއްޖޭގައި ނުކުންނަ އެންމެ މަގުބޫލް ނޫސް ”މިހާރު”ގެ އެޑިޓަރު ، އޭދަފުށީ ”މަތިހާ“ އިސްމާއީލް ނަސީރަށް މޭޖަ ސްޓްރޯކްއެއް ޖެހި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އިސްމާލަކީ ”އޭދަފުށި ޓައިމްސް“ ގެ ފައުންޑާ މެންބަރު ވެސް މެއެވެ.

އޭނާއަށް ސްޓްރޯކް ޖެހުނީ މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް އިސްމާއިލްގެ އުފަން ރަށް، އޭދަފުއްޓަށް ގޮސް ހުއްޓައި އިއްޔެ ހަވީރު އެވެ.

އެ ރަށު ހޮސްޕިޓަލުން އޭނާއަށް ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި ރޭ 1:00 އެހާކަންހާއިރު އެއާ އެމްބިއުލާންސްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއީލް ނަސީރުގެ ހާލު ސީރިއަސް ކަމަށާއި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނޭކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ނޫސްވެރިކަމުގައި 28 އަހަރު ހޭދަކޮށްފައިވާ އިސްމާއީލް ނަސީރު ނޫސްވެރިކަން ފެއްޓެވީ ”ގުރަހެލި“ މަޖައްލާ އިންނެވެ. އާއްމުންނަށް އޭނާ ތައާރަފްވީ ދުވަހު ނޫސް “އާފަތިސް” ގައި މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުންނެވެ. އޭގެ ފަހުން ހަވީރު ނޫހުގައިއޭނާ ވަނީ އާއްމުން ބަލައިގެންނަ މޮޅު ލިޔުންތަކަކުން މަޝްހޫރުކަން ހޯއްދަވާފައި މަގްބޫލު ނޫސްވެރިއެއްގެ މަގާމަށް އައިސްފައެވެ. މިވަގުތު އޭނާ ހުންނެވީ ”މިހާރު“ ނޫހުގެ އެޑިޓަރުގެ މަގާމުގައެވެ.

އެންމެންނާ ވެސް ގުޅޭ، އެނގިހުރި މައުލޫމާތެއް އެހެން މީހުންނަށް ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަވާ އިސްމާއިލް ވަނީ ނޫސްވެރިކަމުގެ “ރަން” ގަލަން ވެސް ހާސިލުުރައްވާފައެވެ.

އިސްމާއިލް ނަސީރަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ރާއްޖޭގެ މަޝްހޫރު ނޫސްތަކުންނާއި ނޫސްވެރިން ހެއޮއެދުމުގެ ބަސްތަކުންނާއި އވަސް ޝިފާއެއް ދެއްވުން އެދި އަންނަނީ ދުއާކުރަމުންނެވެ.

ދިވެހިބަހުގެ ފުންނާބު އުސް އަދީބު އަދި މަޝްހޫރު ލިޔުން ތެރިޔާ، އަޝްރަފް އަލީ އިސްމާއީލްގެ މި ހިތާމަވެރި ޚަބަރު އައްސަވާފައި ލިޔުއްވާފައި ވެއެވެ.
”ހަވީރު“އްސުރެ ”މިހާރު“ވެސް އިއްސެ އަކީ އިއްސެ އެވެ. ހަމަ އެގާތް ކަމެވެ. އެމަޑުމައިތިރި މިޒާޖެވެ. ފެންނަ ކޮންމެ ތާކުން ”އަޝްރަފް ކިހިނެއްތޯ“ އައްސަވާ އެކުވެރި ހިތްހެޔޮކަމެވެ. ކޮންމެ ތާކުން ދިމާވިޔަސް އަޅުގަނޑަށްވުރެ ކުރިން އަޅުގަނޑުގެ ޙާލު އައްސަވާނެއެވެ. ކިތަންމެ އަވަދިނެތި އުޅުއްވިޔަސް ވަގުތު ކޮޅެއް ހޭދަނުކުރައްވައި ވަޑައެއް ނުގަންނަވާނެ އެވެ.
އިސްމާއީލް ނަސީރަކީ އަދުގެ ދިވެހި ނޫސްވެރިކަމުގެ ދާއިރާއިން އަޅުގަނޑު ދުށް އެންމެ ހަރުދަނާ ނޫސްވެރިޔާ އެވެ. ނޫސްވެރިކަމުގެ ތެރެއިން އަދަބިއްޔާތު ކުރިއެރުއްވުމަށް އިއްސެ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަ އެވެ. އިއްސެއަށް ކޮންމެކޮންމެ ލިއުމެއް ކަމަކު ނުދެއެވެ. އިއްސެއަށް ކަމުދާނީ އޭނާ އުއްމީދު ކުރައްވާ ”ފެންވަރު“ އެލިޔުމެއްގައި ހުންނަ ލިޔުމެވެ.
މިއަދު ލިބުނު ޚަބަރުން ވަރަށް ބޮޑަށް ހިތްދަތިވެއްޖެ އެވެ. އެއީ އިއްސެއަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި އޮތް ވާހަކަ އެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އަހައިލާ ހިތްވަނީ އިއްސެ އައްސަވާހެން ”ހާލު ކިހިނެއްތޯއެވެ.“ އަވަސް ޝިފާއެއް ދެއްވުން އެދި ދުުޢާ ކުރަމެވެ. ލަސްނުކުރައްވައި ބައްދަލުވެވަޑައިގެން ”އަޝްރަފް ހާލު ކިހިނެއްތޯ؟“ އައްސަވާނެ އަޑުގެ އިންތިޒާރުގައި ވަމެވެ. މިހިތާމަވެރި ވާހަކައިގެ ކުންނުން އުއްމީދު ތަކެއް ދިރުއްވާށިއެވެ. އެކުވެރިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲ ތަޢާލާއަށް ދުޢާ ދަންނަވަމެވެ.

އިސްމާއިލަށް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި، ނޫސްވެރިކަމުގެ ”ރަން ގަލަން“ ވެސް އޭނާ ވަނީ ހާސިލު ކުރައްވައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top