މި ހާލަތުގައި ގައުމު ވެސް އަދި އިގްތިސޯދު ވެސް އޮތީ ވެންޓިލޭޓަރުގައި- އެމް.ޕީ ސަލީމް

1582695306Saleem-final.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު ،އަހުމަދު ސަލީމް

ގައުމު ވެސް އަދި ގައުމުގެ އިގްތިސޯދު ވެސް މި ހާލަތުގައި އޮތީ ވެންޓިލޭޓަރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިރޭ ސަލީމްކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށްްދިމާވެފައިވާ މި ހާލަތުގައި ރައްޔިތުން ވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށާ އެެހެންވެ މިއީ ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް އެންމެ މުހިއްމު ދަނޑިވަޅު ކަމަށެވެެ.

ސަލީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ހާލަތުގައި 65 އަހަރު ވަންދެން [ދުނިޔޭގައި] ހުންނާނެ ކަމުގެ އުއްމީދު އެއްވެސް މީހަކަށް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުންޖެހިގެން އުޅެނީ އޭގެ ހައްގުވެރިން ކަމަށާއި ރިޓަޔަމަންޓުގެ ކުރިން މިހާރުގެެ ހާލަތު އިސްވާނެ ކަމަށެވެ.

ޕެންޝަން ފަންޑަކީ ވަޒީފާ އަދާ ކުރާމީހުންގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓް މުސާރައިން ކެނޑުމަށް ފަހު، އަދި ވަޒީފާ ދޭ ފަރާތުން ވެސް އެ އަދަދަށްވާ ފައިސާ މުވައްޒަފުންގެ ފަރާތުން ޖަމާކުރާ ފަންޑެކެވެ. އުމުރުން 65 އަހަރު ވުމުން އެ ފަންޑުގައި ހުންނަ ފައިސާ ދޭއިރު ރިޓަޔާމެންޓް ފަންޑުގައި ހުރި ފައިސާ އިން ހައްޖަށް ދެވޭނެ އިންތިޒާމާއި ގެދޮރު ގަތުމުގެ އިންތިޒާމު ވެސް އޮވެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެކި ގޮތްގޮތުން ލިބެމުން ދިޔަ އާމްދަނީ ލިބުން މުޅިން ހުއްޓުމަކަށް އައުމުން ޕެންޝަން ފަންޑަށް އެ ފަރާތްތަކުގެ އަތުން ކެނޑި ފައިސާ ލިބޭނެ ގޮތެއް ހެދުމަށް ވަރަށް ގިނަބަޔަކުދަނީ އެދެމުންނެވެ.

އެހެންނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިތުރު ހަރަދެއް ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެ ފަންޑުން އެހެން ކަމަކަށް ފައިސާ ނަގާނީ އިތުރު ގޮތެއް ނެތިއްޖެ ނަމަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top