އިތުރު 86 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

Breaking-News-Image-v2-e1574095563266.jpg

ރާއްޖެއިން އިތުރު 86 މީހަކު ކޮވިޑް-19އަށް ފައްސި ވެ ޖުމަލް އަދަދު 700އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 86 މީހުންގެ ތެރޭގައި ހިމެނެނީ 67 ބަންގްލަދޭޝް މީހަކާއި 14 ދިވެހިންނާއި، 3އިންޑިއާ މީހުންނާއި ސްރީލަންކާ އަދި ނޭޕާލު މީހެއް ކަމަށެވެ.

މި 86 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 734 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 232 ދިވެހިންނާއި، 502 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 20 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 3މީހަކު ވަނީ މަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top