އޭދަފުށި ރަހަ: އާސިޔަތުގެ ކަނަމަދު ކޭކު

0-02-06-f6a4d294f59ef7c29c46df8562caad37c6a528f116fd6bb1c1f961e0317abd8e_95579aa7.jpg

ބޭނުންވާ ތަކެތި

2 ޖޯޑު ފުއް

2/11 ޖޯޑު ހަކުރު

1 ސައިސަމުސާ ބޭކިން ޕައުޑަރ

1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

5 ބިސް

125 ގްރާމް ބަޓަރު

1 ޕެކެޓް ޕްލެއިން ޔޯގަޓް

1 ސައިސަމުސާ ވަނީލާ އެސެންސް

2 ޖޯޑު ކަނަމަދު މުގުރާފައި

 ތައްޔާރު ކުރާނޭ ގޮތް

ފުއް، ބޭކިން ޕައުޑަރ، 1/2 ޖޯޑު ކަނަމަދު އަދި ކޮކޯ ޕައުޑަރ އެއްކޮއްލާށެވެ. ބަޓަރާއި ހަކުރުވެސް ކްރީމަށް ވަންދެން އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް 5 ބިސް އަޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް އެކުވުމުން އެސެންސް އާއި ޔޯގަޓް އަޅާލާށެވެ. ގިރާފައިހުރި ކްރީމް ގަނޑު ތެރެއަށް ބާކީ ހުރި ހުރިހާ އެއްޗެއް އަޅައި އެއްކޮށްލައި ފިހަން ލާށެވެ. އަވަން ބަހައްޓާނީ 200ޑިގްރީގައި 40 މިނިޓް ވަންދެނެވެ. އެއަށްފަހު ކްރީމްގަނޑު ހަދަން ފަށާށެވެ. ކްރީމް ގަނޑަށް ބޭނުންވާނީ

1 ދަޅު ގެރިކިރު

2 ބިހުގެ ގޮބޮޅި

125 ގްރާމ ބަޓަރ

½ ސަމުސާ އެސެންސް

ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު މަޑު ގިނީގައި ކައްކާށެވެ. ކޭކު މެދުން ފަޅާލުމަށް ފަހު މެދަށް ކްރީމް ގަނޑުއަޅާފައި ½ ޖޯޑު މުގުރި ކަނަމަދު އަޅާލާށެވެ. އަދި ކޭކުގެ މައްޗަށްވެސް ކްރީމް އަޅާލާފައި މުގުރި ކަނަމަދު ކޮޅު އަޅާލާށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top